ވަނުއާޓޫއަށް އައި ބާރުގަދަ ބިންހެލުމުގައި 14 މީހުން މަރުވި

ވަނުއާޓޫއަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތަކަށް ގެއްލުންވެފައި: އެ ބިންހެލުމުގައި މިހާތަނަށް 14 މީހުން ވަނީ މަރުވެފައި -- ފޮޓޯ: އޭއެފްޕީ

ވަނުއާޓޫއަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތަކަށް ގެއްލުންވެފައި: އެ ބިންހެލުމުގައި މިހާތަނަށް 14 މީހުން ވަނީ މަރުވެފައި -- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާ ކައިރީގައި އޮންނަ ޖަޒީރާ ގައުމެއް ކަމުގައިވާ ވަނުއާޓޫއަށް އައި 7.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 14 އަށް އަރައިފި އެވެ.

ވަނުއާޓޫގެ ވެރިރަށް ޕޯޓް ވިލާ ކައިރިއަށް އައި އެ ބިންހެލުމުގައި 200 އަށްވުރެ ގިނަ މީހުން ޒަހަމްވެގެން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނައިރު، މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

އދ އިން އަންދާޒާ ކުރާ ގޮތުގައި 335،000 މީހުންގެ އާބާދީއެއް އޮންނަ ވަނުއާޓޫގެ ގިނަ ބަޔަކަށް ބިންހެލުމުގެ އަސަރު ކުރި އެވެ.

"މުއާސަލާތީ ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައި. އޭގެ ސަބަބުން ދަތިތައް އަންނަނީ ކުރިމަތިވަމުން. ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މި އަންނަނީ މަސައްކަތް ކުރަމުން،" އދ. އިން ބުންޏެވެ.

ބިންހެލުމުގައި އިމާރާތްތައް ބިމާ ހަމަވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރުން ކަރަންޓާއި މުއާސަލާތީ ހިދުމަތްތަކަށް ބުރޫ އެރި އެވެ.

ބިންހެލުމާ ގުޅިގެން ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް މީހުން ގެއްލިގެން ވެސް އަންނަނީ ހޯދަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވަނުއާޓޫއަށް ދިމާވެފައިވާ ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުން ވަނީ ޓީމުތައް އެ ގައުމަށް ފޮނުވާފަ އެވެ.

ބިންހެލުމުގެ ސަބަބުން ވަނުއާޓޫ އާއި އެ ގައުމު ކައިރީގައި އޮތް އެހެން ގައުމުތަކަށް ސުނާމީ އަރާނެ ކަމަށް ލަފާ ކުރި ނަމަވެސް، ސުނާމީގެ އިންޒާރު ފަހުން ކެންސަލް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

ދުނިޔެ ހޫނުވުން އަންދާޒާ ކުރި ވަރަށް ވުރެ އިތުރު

ދުނިޔެ ހޫނުވުން ކުރިން އަންދާޒާކުރި ވަރަށް ވުރެ އިތުރުވަމުންދާ ކަމަށާއި، މިހާރު ހުރި ސިޔާސަތުތަކާއެކު މި ގަރުނު ނިމޭއިރު ހޫނުމިން 2.8 ޑިގްރީއަށް އުފުލޭނެ ކަމަށް އދ. ގެ ރިޕޯޓަކުން ދައްކައިފިއެވެ. މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި 2030 ވަނަ އަހަރާ ހަމައަށް ވިހަ ގޭސް ބޭރުކުރާ މިންވަރު 18 އިންސައްތައަށް ދަށްކުރަން ޖެހޭއިރު، މިހާރުގެ ރޭވުންތަކުން އެކަން ހާސިލުނުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ހޯދަމުން ދިޔަ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި

އޮޅުވާލައިގެން ވަގު ސްޓޭމްޕާއި ލޭބަލް ވިއްކައިގެން އެމެރިކާގެ ޕޯސްޓަލް ސާވިސްއަށް 126 މިލިއަން ޑޮލަރުގެ ގެއްލުންދިން ޕާކިސްތާނު މީހަކު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފިއެވެ. ފަހީމް އަކްރަމް ނަމަކަށް ކިޔާ މި މީހާ ވެބްސައިޓެއް މެދުވެރިކޮށް ފަސް މިލިއަނަށް ވުރެ ގިނަ ވަގު ލޭބަލް ވިއްކާފައިވާތީ، އެމެރިކާގެ ކޯޓަކުން މިދިޔަ މަހު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭނާ ހޯދުމަށް އެހީތެރިވާ ފަރާތަކަށް އެމެރިކާއިން ބޮޑު އިނާމެއް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އޭނާ ހިންގި ވެބްސައިޓް ބަންދުކޮށްފައެވެ.

ސައުދީ ދިފާއުކުރުމަށް އިނގިރޭސިވިލާތުގެ ބޯޓުތައް ފޮނުވަނީ

ޔަމަނުގެ ހޫތީން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން، އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސްގެ މަތިންދާބޯޓުތައް ފޮނުވުމަށް އެ ގައުމުން ނިންމައިފިއެވެ. އިނގިރޭސި ސަރުކާރުން ހާމަކުރި ގޮތުގައި މި ބޯޓުތައް ބޭނުންކުރާނީ ހަމައެކަނި ސައުދީގެ އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ދިފާއީ މަސައްކަތްތަކަށެވެ.

އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

އަމީރު ހެރީގެ ބައްޕާފުޅާއި ބޭބޭފުޅާ އޮތް ނުތަނަވަސް ގުޅުން ރަނގަޅުކޮށް، އާއިލީ ގުޅުން އަލުން ގާއިމުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މާޒީގެ ހިތާމަވެރި ހާދިސާތައް ހަނދާން ނައްތާލުމަށް ބާރުއަޅުއްވަމުން ހެރީ ވިދާޅުވީ، ބައެއް މީހުން ބޭނުން ނުވި ނަމަވެސް އެ ގުޅުން އިއާދަކުރުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ.

މޮރޮކޯގައި އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމުން ދީނީ ބަހުސެއް

މޮރޮކޯގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އައްޔަންކުރެއްވުމާ ގުޅިގެން، އަންހެނުންނަށް އެފަދަ މަތީ މަގާމުތައް ދިނުމާ މެދު އެ ގައުމުގައި ދީނީ އަދި ސިޔާސީ ބޮޑު ބަހުސެއް ވަނީ ފެށިފަ. މި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، މިއީ މޮރޮކޯގެ ތާރީޚީ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއް.

ފްރާންސްގައި ރޭގަނޑު ބޭރަށް ނުކުތުން މަނާކޮށްފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕެރިހާއި އެހެނިހެން ސިޓީތަކުގައި ރޭގަނޑު ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފިއެވެ. ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ފެށި މި މުޒާހަރާތައް ފުޅާވެ، ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ފުލުހުންނާއި އާންމުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox