މޮރޮކޯގައި ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރަކު އައްޔަންކުރުމާ ގުޅިގެން މުޅި ގައުމު ދީނީ ބަހުސަކަށް

ހުދު ކުލައިގެ ގަމީހެއްގެ މަތިން ކަޅު ކުލައިގެ ބްލޭޒަރެއް ތުރުކުރައްވައިގެން ހުންނެވި އަލް މަންސޫރީ ހުންނެވީ، ނޫ ކުލައިގެ ފަސްމަންޒަރެއްގައި ހުދު އަކުރުން އަރަބި ބަހުން ލިޔެފައިވާ އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީގެ ޝިއާރުގެ ކުރިމަތީގައެވެ.

ހުދު ކުލައިގެ ގަމީހެއްގެ މަތިން ކަޅު ކުލައިގެ ބްލޭޒަރެއް ތުރުކުރައްވައިގެން ހުންނެވި އަލް މަންސޫރީ ހުންނެވީ، ނޫ ކުލައިގެ ފަސްމަންޒަރެއްގައި ހުދު އަކުރުން އަރަބި ބަހުން ލިޔެފައިވާ އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީގެ ޝިއާރުގެ ކުރިމަތީގައެވެ.

މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަ، އެ ގައުމުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމަށް ފާތިމާ ޒަހްރާ އަލް މަންސޫރީ އައްޔަންކުރެއްވުމާ ގުޅިގެން، "އަންހެނަކާ ކަންކަން ހަވާލުކުރާ ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެ" ކަމަށް ބުނެ، މުޅި މޮރޮކޯގައި ބޮޑު ބަހުސެއް ފެށިއްޖެ އެވެ.

އިސްލާމީ ފިކުރުގެ ޕާޓީއަކުން އިސްވެ އޮވެ ހިންގި ސަރުކާރެއްގެ ކުރީގެ ޖަސްޓިސް މިނިސްޓަރު މުސްތަފާ ރާމިދު، މި މަހުގެ ކުރީކޮޅު ފޭސްބުކްގައި ލިޔުއްވި ދިގު ޕޯސްޓެއްގައި ވަނީ އެ 'ހަދީސްފުޅަށް' ރިއާޔަތްކުރައްވައި، ގައުމުގެ އެންމެ މަތީ ސިޔާސީ މަގާމު އަންހެނަކަށް ފުރިދާނެތޯ ސުވާލު އުފައްދަވާފަ އެވެ.

އޭނާ ވަކާލާތު ކުރެއްވި ގޮތުގައި، މުސްލިމް އަގުލަބިއްޔަތު އޮންނަ މޮރޮކޯގައި ހަމަހަމަކަމާއި ދައުލަތް ހިންގުމުގެ މަސްއޫލިއްޔަތުތަކުގެ މެދުގައި ވަނީ ހަމަހަމަ މިންގަނޑެއް ގާއިމުކޮށްފަ އެވެ. އެއީ ގައުމުގެ އެންމެ މަތީ މަގާމު ކަމަށްވާ ރަސްކަމުގެ މަގާމަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ މަގާމެއްގެ ގޮތުގައި އޮތުމެވެ.

މޮރޮކޯއަކީ ދުސްތޫރީ ރަސްކަމެއް އޮންނަ ގައުމެކެވެ. އެހެންނަމަވެސް، ދައުލަތް ހިންގުމުގެ އެންމެ އިސް ބާރުތައް އަދިވެސް އޮންނަނީ އުމުރުފުޅުން 66 އަހަރުގެ ރަސްގެފާނުގެ އަތްޕުޅުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބުގައި މަންސޫރީ ނިސްބަތްވެވަޑައިގަންނަވާ 'އޯތެންޓިސިޓީ އެންޑް މޮޑާނިޓީ ޕާޓީ' (ޕޭމް) އިން ވަނީ އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި އެ ޕާޓީން ވަނީ އިތުރު ތިން ޕާޓީއަކާ ގުޅިގެން ކޯލިޝަނެއް އުފައްދާފަ އެވެ. މި ކޯލިޝަނުން ބަރުލަމާނުގެ 395 ގޮނޑީގެ ތެރެއިން 207 ގޮނޑި ކޮންޓްރޯލް ކުރެ އެވެ.

މަންސޫރީ ބޮޑުވަޒީރުގެ މަގާމަށް ރަސްގެފާނު އައްޔަންކުރެއްވުމަކީ ތާރީހީ ނިންމުމެއް ނަމަވެސް، މި ނިންމުމާއެކު ބާރުވެރި މަގާމުތަކުގައި އަންހެނުން ތިބުމާ މެދު މުޖުތަމައުގައި އޮތް ބައެއް ނުތަނަވަސްކަން ވަނީ ހާމަވެފަ އެވެ.

އޭނާ މަގާމަށް އައްޔަންކުރެއްވިތާ އެއް ދުވަސް ފަހުން، އެ ގައުމުގެ 'ޝޫފް ޓީވީ' އިން ވަނީ މަގުމަތީގައި ތިބި މޮރޮކޯގެ ފިރިހެނުން ގާތު، އަންހެނަކު ސަރުކާރު ހިންގުމާ މެދު ދެކޭ ގޮތާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދިނުމުގައި މެދުއުމުރާއި ދޮށީ އުމުރުގެ ގިނަ ފިރިހެނުންތަކެއް ފަސްޖެހުނެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ނިންމުން ގަބޫލުކުރަނީ އެއީ ރަސްގެފާނުގެ ނިންމެވުމަކަށް ވާތީ އެވެ.

ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، ރަސްކަމުގެ ނިޒާމަށް ކުޑައިމީސްކުރުމަކީ މޮރޮކޯގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެކެވެ.

ރަސްގެފާނުގެ ނިންމުމަށް ބައެއް މީހުން ފާޑު ކިޔަމުން ގެންދިޔަ ނަމަވެސް، މޮރޮކޯގެ ޒުވާން ޖީލުގެ ގިނަ ބަޔަކު، ހާއްސަކޮށް އަންހެނުން ވަނީ އޭނާ މަގާމަށް އައްޔަންކުރެއްވުމަށް މަރުހަބާ ކިޔާފަ އެވެ. މޮރޮކޯގެ ރައްޔިތުންގެ ވިސްނުމަށް ބަދަލުތަކެއް އަންނަމުން ދިޔަ ނަމަވެސް، ކޮންޒަވޭޓިވް ދީނީ ފިކުރުތަކުގެ ނުފޫޒު އަދިވެސް އެ ގައުމުގައި ވަރަށް ބޮޑެވެ.

ޖިންސީ ހަމަހަމަކަމާ ގުޅޭގޮތުން އެ ގައުމުގައި އެންމެ ބޮޑަށް ބަހުސްކުރެވޭ ކަންކަމުގެ ތެރޭގައި ތަރިކަ މުދަލާއި، ކައިވެންޏާއި ވަރި ފަދަ އާއިލީ ގާނޫނުގެ ދާއިރާތައް ހިމެނެ އެވެ.

މޮރޮކޯގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާ 'ހައި ކޮމިޝަން ފޯ ޕްލޭނިން' އިން 2025 ވަނަ އަހަރު ހާމަކުރި ގޮތުގައި، އެ ގައުމުގެ ރަށްފުށުގެ ސަރަހައްދުތަކުގައި 15 އަހަރާއި 17 އަހަރާ ދެމެދުގެ އަންހެން ކުދިންގެ ތެރެއިން ސްކޫލަށް ދަނީ އެންމެ 55 އިންސައްތަ ކުދިންނެވެ. އެ ސަރަހައްދުތަކުގައި ފަގީރުކަމާއި، ތައުލީމު ދޫކޮށްލުމާއި، ކުޑައިރު ކައިވެނިކުރުވުމަކީ ތައުލީމަށް އޮތް ބޮޑު ހުރަހެކެވެ. 

މަގާމަށް އައްޔަން ކުރެއްވުމަށްފަހު، އެލް މަންސޫރީ ވަނީ އެއީ މޮރޮކޯގެ އަންހެނުންނަށް ލިބުނު ތާރީހީ ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

"ސަރުކާރުގެ ފުރަތަމަ އަންހެން ވެރިޔާއަށް ވުމަކީ ހަމައެކަނި އަޅުގަނޑަށް ލިބޭ ފަހުރެއް ނޫން. އެއީ މި ރަސްކަމުގެ ހުރިހާ އަންހެނުންނަށް ލިބޭ ފަހުރެއް،" އޭނާ ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގަތް ފަހުން، އާއިލީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރައްވާނެތޯ ނުވަތަ ނޫންތޯ އޭނާ އަދި ހާމަކުރައްވާފައެއް ނުވެ އެވެ.

މޮރޮކޯގެ ބައެއް އަންހެނުން އޭނާ އައްޔަންކުރުމަށް މަރުހަބާ ކިޔާއިރު، އެ މީހުން ބުނަނީ ހަގީގީ ނަތީޖާ ފެންނާނީ ބޮޑުވަޒީރުގެ ހައިސިއްޔަތުން އޭނާ ކުރައްވާ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެލް މަންސޫރީއާ މެދު ގޮތް ނިންމަންވާނީ އޭނާއަކީ އަންހެނަކަށް ވީތީ ކަމަކަށް. ބާރުވެރި މަގާމެއްގައި އަންހެނަކު ހުރުމަކީ އޭނާއަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާނެ މީހަކަށް އަމިއްލައަކުން ނުވާނެ،" މޮރޮކޯގެ ޒުވާން އަންހެނެއް ކަމަށްވާ ސާރާ ޒުއިޓަން ބީބީސީއަށް ބުންޏެވެ.

"އޭނާގެ ޕާޓީން ބުނަނީ އެއީ ޒަމާނީ ސިޔާސީ ބާރެއް ކަމަށް. އެހެންވީމާ އަޅުގަނޑު ބަލަން ބޭނުންވަނީ އެ ވާހަކަތައް ހަގީގީ ބަދަލަކަށް ބަދަލުވޭތޯ."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox