އެޑްރިއާނޯ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

Dec 17, 2024, 1:13 PM
އެޑްރިއާނޯ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޑިސެމްބަރު 17) - ކުރިން ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމާއި އިންޓަ މިލާނަށް ކުޅުނު ބްރެޒިލްގެ މަޝްހޫރު ފޯވާޑް، އެޑްރިއާނޯ، ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އެޑްރިއާނޯ 42، އަކީ ދެހާހުގެ ކުރީކޮޅު އެމްޕެރާގެ ނަމުން މަޝްހޫރުވި ފޯވާޑެކެވެ. އެކަމަކުު، ރަލުގެ ބާވަތްތައް ޕްރޮމޯޓްކޮށް ހެދުމުން އޭނާ އަށް ގިނަ ބަޔެއްގެ ފާޑުކިޔުންވަނީ އަމާޒުވެފަ އެވެ.

އެޑްރިއާނޯ ފުޓުބޯޅަ ކުޅުން ހުއްޓާލީ އޭނާގެ ކެރިޔަރުފެށި ފްލެމިންގޯ ޖާޒީގަ އެވެ. އެ ގޮތުން ފްލެމިންގޯ ލެޖެންޑްސް އަދި ފްރެންޑްސް އޮފް އިޓަލީއާ ދެމެދު ކުޅުނު މި މެޗު ފްލެމިންގޯ އިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ކުރިން އެޑްރިއާނޯ އެންމެ ފަހުން މެޗެއް ކުޅުނީ މީގެ އަށް އަހަރު ކުރިންނެވެ.

އެޑްރިއާނޯ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 48 މެޗު ކުޅެދީފަ އެވެ. އަދި 2004 ވަނަ އަހަރު ބްރެޒިލް އިން ކޮޕާ އެމެރިކާ ކާމިޔާބުކުރިއިރު, އެޑްރިއާނޯގެ ހިއްސާ ބޮޑެވެ.

މީގެ އިތުރުން އިޓަލީގެ ކްލަބް އިންޓަ މިލާންއާ އެކު ގިނަ ކާމިޔާބީތަކެއް އެޑްރިއާނޯ ހޯދި އެވެ. އޭގެ ތެރޭގައި، އިޓާލިއަން ލީގު ހަތަރު ފަހަރާއި އިޓާލިއަން ކަޕް ދެ ފަހަރު ހިމެނެ އެވެ.

ފުޓްބޯޅަ ކެރިއަރުގައި އެޑްރިއާނޯ ކުޅެފައިވާ ކްލަބްތަކަށް ބަލާއިރު، ޕާމާ، ރޯމާ، ކޮރިންތިއަންސް، ސައޮ ޕައޮލޯ އަދި ފިއޮރެންޓީނާ ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox