އަލިފާނާ ގުޅިގެން ތިން ވިޔަފާރިއެއް ހުއްޓިފައި ހުންނަތާ ފަސް ދުވަސް, ބޮޑު ގެއްލުމެއް

ހައުސިން މިނިސްޓްރީ ރޫޅާލުމަށް އަމީނީ މަގު ބަންދުކޮށްފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ހައުސިން މިނިސްޓްރީ ރޫޅާލުމަށް އަމީނީ މަގު ބަންދުކޮށްފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މިނިސްޓްރީތައް އަނދައިގެންދިޔަ އަލިފާނުގެ ސަބަބުން އެ ސަރަހައްދުގައި ހިންގާ ތިން ވިޔަފާރިއެއް ހުއްޓިފައި ހުންނަތާ މިއަދަށް ފަސް ދުވަސް ފާއިތުވެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިތުރުން އެންވަރަމެންޓް މިނިސްޓްރީ އަނދައިގެންދިޔަ އަލިފާނާ ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން އަމީނީ މަގުގެ، އިއްޒުއްދީން މަގާއި ހަނދުވަރީ ހިނގުމާ ދެމެދު އޮންނަނީ ބަންދުކޮށްފަ އެވެ.

އެ ސަބަބާހުރެ އެ ކޮށީގައި ހުންނަ މުނި ހޯމްކެއާ ލިވިން ސެންޓަރާއި ހުންގާނު ފިހާރަ އަދި ހައި ސޭލްސް ފިހާރައިގެ ވިޔަފާރި ހުރީ ފާއިތުވި ފަސް ދުވަހު ވެސް ހުއްޓިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ ތިން ވިޔަފާރިއަށް ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދެއްކި ވިޔަފާރިވެރިން ބުންޏެވެ.

"ވަރަށް ބޮޑު ގެއްލުމެއް، ކަސްޓަމަރުން އެބަ ބޭނުންވޭ ވަންނަން، އެކަމަކު މި ތަން [މަގު] ބަންދުކޮށްފައި އޮންނާތީ ކަސްޓަމަރަކަށް ނުވަދެވޭ މިތަނަކަށް، ލިބިފައި ހުރި ގެއްލުން ބަލައިލަން ވެސް ސަރުކާރުގެ ފަރާތުން އަދި ނާދޭ، މި އިމާރާތުގެ ހުރިހާ ބިއްލޫރިތަކެއް ތަޅައިގެން ގޮސްފައި އެހުރީ، ދުވާލެއްގެ މައްޗަށް 400،000-300،000ރ. ގެ ސޭލްސް ވާ ފިހާރައެއް މިއީ، އެކަމަކު ވިޔަފާރި ނުވެ މިހުރީ" އެ ސަރަހައްދުގައި ހިންގާ ފިހާރައެއްގެ އޮފިޝަލެއް ބުންޏެވެ.

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަން އަމީނީ މަގު ބަންދުކޮށްފައި އޮތް ސަރަހައްދުގައި ކެރޭނު އަޅާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަން އަމީނީ މަގު ބަންދުކޮށްފައި އޮތް ސަރަހައްދުގައި ކެރޭނު އަޅާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަން އަމީނީ މަގު ބަންދުކޮށްފައި އޮތް ސަރަހައްދުގައި ކެރޭނު އަޅާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

އޭނާ ބުނީ އަލިފާނާ ގުޅިގެން ގެއްލުން ލިބި، ހުއްޓުމަކަށް އައީ ސަރުކާރުގެ ތިން މިނިސްޓްރީ އެކަނި ނޫން ކަމަށާއި އެ ހާދިސާ އާ ގުޅިގެން އެ ސަރަހައްދުގައި ހުރި ފިހާރަތަކަށް ވެސް ގެއްލުންތަކެއް ލިބި ވިޔަފާރި ހުއްޓިފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރުން ވަގުތީ ހައްލު ހޯދައިދިނީ ހަމައެކަނި އެ މިނިސްޓްރީތަކަށް ކަން ފާހަގަކޮށް އޭނާ ބުނީ އެ ސަރަހައްދުގައި ހުރި ފިހާރަތަކަށް ލިބުނު ގެއްލުން ބަލައިލަން ސަރުކާރުގެ ފަރާތުން ވެސް އަދި ކަމާބެހޭ އެއްވެއް އިދާރާއަކުން ވެސް މިހައިތަނަށް ގޮސްފައި ނުވާ ކަމަށެވެ.

"ސަރުކާރުގެ ތިން ވުޒާރާ ހިންގަން ދަރުބާރުގޭގައި ވަގުތީ ސެޓަޕެއް ދެ ދުވަހުން ޖަހާ ނިންމާލައިގެން އެތަނުގައި މަސައްކަތް ފަށައިގެން ކުރިއަށް އެ ގެންދަނީ، އެކަމަކު މިއީ އެތައް ބައެއްގެ ވިޔަފާރިތަކެއް، ކިތައް ފިހާރަ މިހުރީ ބަންދުކޮށްފައި، ހުޅުވޭނެ ދުވަހެއް ނޭނގޭ، ހަމަ މަޑުމަޑުން ކޮށްލަކޮށްލައި އެ ތިބެނީ ދެ މީހަކު މަސައްކަތް،" އޭނާ ބުންޏެވެ.

އަލިފާނުގައި އަނދައިގެންދިޔަ މިނިސްޓްރީތައް ރޫޅާލުމުގެ މަސައްކަތް ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނެވެ. ނަމަވެސް އެ މަސައްކަތް ކުރަމުންދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް އެ ސަރަހައްދުގައި ހިންގާ އެހެން ފިހާރައެއްގެ އޮފިޝަލެއް ވެސް ބުންޏެވެ.

ހައުސިން މިނިސްޓްރީ ހިންގި ޓިނު އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ހައުސިން މިނިސްޓްރީ ހިންގި ޓިނު އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ހައުސިން މިނިސްޓްރީ ހިންގި ޓިނު އިމާރާތް ރޫޅާލުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

"އެހެން ތަނަކަށް މުދާ ބަދަލު ކުރަން މިހާރު މަސައްކަތް މިކުރަނީ، ވަރަށް ބޮޑަށް ގެއްލުންވެއްޖެ ވިޔަފާރިއަށް، އެއްވެސް ކަސްޓަމަރަކަށް މިތަނަކަށް ނުވަދެވޭ، މަސައްކަތް ކުރިއަށް އެ ދަނީ ވަރަށް ލަސްކޮށް،" އެ ސަރަހައްދުގައި ހިންގާ އެހެން ވިޔަފާރިއެއްގެ އޮފިޝަލެއް ބުންޏެވެ.

ބުރާސްފަތި ދުވަހުގެ އަލިފާނާ ގުޅިގެން އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ މިއަދަށް ފަސް ދުވަސްވީއިރު ހައުސިން މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތް ރޫޅާލައި އެ ސަރަހައްދު ހުޅުވޭނެ ދުވަހެއް އަދި ނޭނގެ އެވެ. އަދި އެފަދަ މައުލޫމާތެއް ސަރުކާރުން ހާމައެއް ވެސް ނުކުރެ އެވެ.

އަލިފާނާ ގުޅިގެން ސަރުކާރުގެ ތިން މިނިސްޓްރީގެ އިތުރުން އެ އިމާރާތްތަކުގައި ހިންގަމުންދިޔަ އީޕީއޭ އާއި ސިޓީ ކައުންސިލުގެ ލޭންޑް އެންޑް ވައިޓަލްސް ޑިޕާޓުމެންޓްގެ ހިދުމަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox