އަހަރުގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިއަކަށް ސަބަލެންކާ

Dec 11, 2024, 4:54 AM
އަހަރުގެ އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިއަކަށް ސަބަލެންކާ

ޒިއުރިކް (ޑިސެމްބަރު 11) - ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ މަގާމު ބެލަރޫސްގެ އަރީނާ ސަބަލެންކާ އަށް ލިބިއްޖެ އެވެ.

ސަބަލެންކާ، 26، ވަނީ އަަހަރުގެ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަަމަށްވާ އޮސްޓްރޭލިއަން އޯޕަން ތަށްޓާއި އަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން، ޑަބްލިއުޓީއޭ 1000 ގެ އިވެންޓްތަކުގެ ތެރެއިން، ސިންސިނާޓީ އޯޕަން އާއި ވުހާން އޯޕަން ވެސް ކާމިޔާބުކުރި އެވެ. ސަބަލެންކާ އަކީ ވުހާން އޯޕަން ތަށި ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ކާމިޔާބު އަހަރެއް ނިންމާލި ސަބަލެންކާ ވަނީ އޮކްޓޫބަރު މަހު ދުނިޔޭގެ ރޭންކިންގެ އެއް ވަަނަ އަށް ޖެހިލައިފަ އެެވެ. އެއީ، 11 މަސް ދުވަސް ވަންދެން، އެއް ވަަނައިގައި އޮތް އީގާ ސްވިއަޓެކް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ސަބަލެންކާގެ މި ކާމިޔާބީ ހާއްސަވާ ސަބަބަކީ، މި އަހަރު އަނިޔާ އާއި ސިއްހީ ހާލަތު ތަންނުދޭތީ އޭނާ އަށް މުހިންމު މުބާރާތްތަކެއް ގެއްލުނު ނަމަވެސް، ވާދަކުރި މުބާރާތްތަކުގައި ތަފާތު ދައްކާފައިވާތީ އެވެ. އެ ގޮތުން، ސަބަލެންކާ އަށް ވަނީ އަނިޔާއާ ހެދި ވިމްބަލްޑަން މުބާރާތް ގެއްލިފަ އެވެ. އަދި ސިއްހީ ހާލަތު ތަންނުދޭތީ، ސަބަލެންކާ އަށް އޮލިމްޕިކްސްގައި ވެސް ވާދަނުކުރެވުނެވެ.

މިދިޔަ ދެ އަހަރު ސްވިއަޓެކަށް ޑަބްލިއުޓީއޭ އިން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު، ސަބަލެންކާ މި އަހަރު އެ މަގާމު ހޯދީ ކުޅުނު މެޗުތަކުގެ ތެރެއިން 56 މެޗުން މޮޅުވެގެންނެވެ. ސަބަލެންކާ މި އަހަރު ބަލިވީ 14 މެޗުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox