ޕޯޗުގީސް ތަރި ނާނީ ފުޓްބޯޅަ އިން ރިޓަޔާކޮށްފި

Dec 9, 2024, 1:42 AM
ޕޯޗުގީސް ތަރި ނާނީ ފުޓްބޯޅަ އިން ރިޓަޔާކޮށްފި

ލިޒްބަން (ޑިސެމްބަރު 9) - މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ޕޯޗުގީސް ތަރި ނާނީ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

އުުމުރުން 38 އަހަރުގެ ނާނީ ކުޅެމުން އަންނަނީ ޕޯޗުގަލްގެ ފުރަތަމަ ޑިވިޝަނުގައި، ކްލަބް އެސްޓްރެލާ އަމަޑޯރާ އަށެވެ.

ނާނީ އެންމެ ފަހުން އެސްޓްރެލާ އަށް ކުޅުނު މެޗަކީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު، އޭނާގެ ފުރަތަމަ ކްލަބް ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

"މިއީ އަހަރެންގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭތީ އެކަން ކުރުމަށް ނިންމައިފިން، އަހަރެންގެ ޕްރޮފެޝަނަލް ކެރިއަރުގެ 20 ވަރަކަށް އަހަރުގައި ގިނަ ތަޖުރިބާތަކެއް ކޮށްފިން، އުފާވެރި އަދި ހިތާމަވެރި ވަގުތުތަކުގައި ވެސް އެކުގައި ތިބި އެންމެނަށް ޝުކުރު އަދާކުރަން،" ސޯޝަލް މީޑިއާގައި ނާނީ ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ސްޕޯޓިން ދޫކޮށް 2007 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ނާނީ ބަދަލުވީ 25 މިލިއަން ޑޮލަރަށެވެ. އެ ޓީމަށް ކުޅެދިން 230 މެޗުން 41 ގޯލު އެ ޓީމަށް ޖަހައިދިނެވެ.

ނާނީ ވަނީ ޔުނައިޓެޑާ އެކު، ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2011 ވަނަ އަހަރު އެ ކްލަބްގެ ކުޅުންތެރިން ހޮވި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ހާސިލްކުރީ ނާނީ އެވެ.

ސްޕޯޓިން، ޔުނައިޓެޑް އަދި އެސްޓްރެލާގެ އިތުރުން ނާނީ ކުޅެފައިވާ ކްލަބްތަކަކީ، ވެލެންސިއާ، ލާޒިއޯ، އޯލަންޑޯ ސިޓީ، ފެނަބާޗޭ، ވެނެޒިއާ، މެލްބާން ވިކްޓަރީ އަދި އަޑާނާ ޑެމިސްޕޯ އެވެ.

ޕޯޗުގަލް އިން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ޓީމުގައި ހިމެނުނު ނާނީ ވަނީ އެ ޓީމަށް 112 މެޗުން 24 ގޯލު ޖަހައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox