ކްރިކެޓް ބޯޑަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަނީ

Dec 3, 2024, 11:02 AM
ކްރިކެޓް ބޯޑަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަނީ

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ސެކެޓްރީ ޖެނެރަލަކު ހޯދަން އިއުލާން ކޮށްފި އެވެ.

ސީބީއެމް އިން ގެޒެޓްކޮށްފައިވާ ގޮތުން ސެކެޓްރީ ޖެނެރަލަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާއިރު، މަހު މުސާރައިގެ ގޮތުގައި 15,000 ރުފިޔާ ލިބޭނެ އެވެ.

ޝަރުތުތައް:

- ކްރިކެޓް ބޯޑުގެ ރައީސްގެ އެންގެވުމުގެ މަތިން އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.

- ކްރިކެޓް ބޯޑުގެ ވިޝަން އާއި މިޝަން އާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުން.

- ކްރިކެޓް ބޯޑުގެ މީޓިންތައް ބޭއްވުން.

- އޭޖީއެމް އަދި އެސްޖީއެމް ބޭއްވުމަށް ކްރިކެޓް ބޯޑަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

- ކްރިކެޓް ބޯޑުގެ ސްޓާފުންގެ ކަންކަން ބެލެހެއްޓުން.

- މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ވަނީ ހިމަނައިފައި.

ކްރިކެޓް ބޯޑުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނީ އެސްޖީ އަކު ނެގުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ސްޕޯޓްސް ބިޒްނަސް އެޑްމިނިސްޓްރޭޓިވް ދާއިރާއިން ޑިގްރީ އެއް ނެގުމާއެކު ހަތަރު އަހަރުގެ ތަޖުރިބާ ހުރުން, ނުވަތަ ޑިޕްލޮމާ އަކާއެކު ހަ އަހަރުގެ ތަޖުރިބާ ހުރުން ނުވަތަ, ޖީސީއީ އޯލެވެލް ސެޓްފިކެޓާ އެކު މިދާއިރާގައި 10 އަހަރުގެ ތަޖުރިބާ އެއް ހުރުން ހިމެނޭ ކަމަށެވެ.

ކްރިކެޓް ބޯޑުގެ މިދިޔަ ދައުރުގައި ސެކްރެޓަރީ ޖެނެރަލަކަށް އެންމެ ފުރަތަމަ ހަމަޖެއްސީ، އަހުމަދު މުނާޒް އެވެ. އެކަމަކު، ފަހުން އޭނާ އެ މަގާމުން ވަކިވުމުން، ފުލްޓައިމްކޮށް އެ މަގާމަށް އިތުރު ފަރާތެއް ހަމަޖައްސާފައިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox