މުސިއާލާގެ ގޯލުން ބަޔާނުން ޑޯޓްމަންޑާ އެއްވަރުކޮށްފި

Dec 1, 2024, 4:23 AM
މުސިއާލާގެ ގޯލުން ބަޔާނުން ޑޯޓްމަންޑާ އެއްވަރުކޮށްފި

މިއުނިކް (ޑިސެމްބަރު 1) - ޖަރުމަނު ލީގުގައި ރޭ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ޖަމާލް މުސިއާލާ ޖެހި ގޯލުން ބަޔާން މިއުނިކުން 1-1 އިން ބޮރޫޝިއާ ޑޯޓްމަންޑާ އެއްވަރުކޮށްފި އެވެ.

މި ނަތީޖާއާ އެކު، ބަޔާނުން ލީގުގެ އެއް ވަނައިގައި އޮތީ 12 މެޗުން 30 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އައިންޓްރަކްޓް ފްރޭންކްފާޓަށް 11 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން އިން ވަނީ 12 މެޗުން 23 ޕޮއިންޓް ހަމަކޮށްފަ އެވެ. ހަތަރެއްގައި އޮތް އާރްބީ ލައިޕްޒިގަށް 12 މެޗުން 21 ޕޮއިންޓް އަދި ފަސް ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 12 މެޗުން 20 ޕޮއިންޓް ލިބިފަ އެެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑުން ފުރަތަމަ ހާފު ނިންމާލީ ލީޑުގަ އެވެ. އެ ޓީމުން ގޯލު ޖެހީ މެޗުގެ 27 ވަނަ މިނިޓްގަ އެވެ. ޑޯޓްމަންޑްގެ ފުލްބެކް، ޖޭމީ ގިޓެންގެ ފަރާތުން އިންޑިވިޖުއަލް މޮޅު ކުޅުމެއް ފެނުނު މި ގޯލުގައި ފޮނުވާލި ބޯޅަ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ އަށް ހުއްޓުވޭގޮތެއްނުވި އެވެ.

އަނިޔާއާ ހެދި ބަޔާންގެ ފޯވާޑް ހެރީ ކޭން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަދަލުކުރަން ޖެހިފަ އެވެ.

ވިންސެންޓް ކޮމްޕެނީ ކޯޗުކޮށްދޭ ބަޔާނަށް ރޭގެ މެޗުގައި ޑޯޓްމަންޑުގެ ކީޕަރު ގްރެގޯ ކޮބެލް ރަނގަޅަށް ޓެސްޓް ކޮށްލެވޭ ގޮތެއްނުވިއިރު، ބަޔާނުން އެއްވަރުކުރި ގޯލު ޖެހީ ވެސް ލިބުނު ކުޑަ ފުުުރުުސަތެއްގެ ބޭނުންހިފައިގެންނެވެ. މިއީ މައިކަލް އޮލީސޭ ނެގި ބޯޅައަކުން މުސިއާލާ ބޮލުން ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox