ވަކި މީހަކު އިސްތިސްނާ ނުކޮށް އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރު ރާއްޖެއިން ތަންފީޒު ކުރާނެ: އިހުސާން

ހޯމް މިނިސްޓަރު، އަލީ އިހުސާން -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު، އަލީ އިހުސާން -- ފޮޓޯ: ރައީސް އޮފީސް

ވަކި މީހަކު އިސްތިސްނާ ނުކޮށް އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ރާއްޖެއިން ތަންފީޒު ކުރާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު، ޔޮއޭވް ގަލަންޓް ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރުނު އަމުރު ތަންފީޒު ކުރުމާ ގުޅޭގޮތުން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރުތައް ތަންފީޒު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަކަށް އެއްވެސް ހުރަހެއް ނޯންނާނެ އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރު ތަންފީޒު ކުރާކަށް، އިންޓަނޭޝަނަލް ކޯޓުތަކުގެ އަމުރު ވަކި މީހަލު އިސްތިސްނާ ނުކޮށް އަޅުގަނޑުމެން ތަންފީޒު ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ނަތަންޔާހޫ އާއި ގަލަންޓު ހައްޔަރު ކުރަން އައިސީސީން އަމުރު ކުރީ މިމަހުގެ 21 ގަ އެވެ. އެ ދެމީހުން ހައްޔަރު ކުރަން އަމުރު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އަހަރުގެ މޭ މަހާ ހަމައަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ކުށުގަ އެވެ.

އެ އަމުރު ނެރުމާއެކު، އަމުރަށް ތަބާވާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދުނީ ހުޅަނގުގެ ބައެއް ގައުމުތަކުގެ މެދުގަ އެވެ. އިޒްރޭލުގެ އެންމެބޮޑު މަދަދުގާރު، އެމެރިކާ އާއި ޗެކް ރިޕަބްލިކުގެ އިތުރުން އާޖެންޓީނާ އާއި ހަންގޭރީ ފަދަ ގައުމުތަކުން އައިސީސީގެ އަމުރަށް ތަބާނުވާނެ ކަމަށް ބުނެ ބަޔާން ނެރުނުއިރު، ޔޫރަޕިއަން ޔޫނިއަނާއި އިޓަލީ، ނެދަލެންޑްސް އަދި ކެނެޑާ ފަދަ ގައުމުތަކުން ބުނީ އެ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox