ޖެނޯއާގެ ކޯޗަކަށް ވިއޭރާ ހަމަޖައްސައިފި

Nov 21, 2024, 3:29 PM
ޖެނޯއާގެ ކޯޗަކަށް ވިއޭރާ ހަމަޖައްސައިފި

މިލާން (ނޮވެމްބަރު 21) - އިޓަލީގެ ކްލަބް ޖެނޯއާގެ ކޯޗަކަށް ފްރާންސްގެ ކުރީގެ މިޑްފީލްޑަރު، ޕެޓްރިކް ވިއޭރާ ހަމަޖައްސައިފި އެވެ.

މިދިޔަ ޖުލައި މަހު ސްޓްރާސްބޯގެ ކޯޗުކަމުން ވަކިވި ވިއޭރާ ޓީމަކާ ހަވާލުުނުވެ ހުރިއިރު، ޖެނޯއާގެ ކޯޗުކަން އޭނާ އަށް ދިނީ އެ މަގާމު އަދާކުރަމުން އައި އިޓަލީގެ ކުރީގެ ފޯވާޑް، އަލްބާޓޯ ޖިލަޑީނޯ ވަކިިކުރުމަށް ފަހު އެވެ.

ޖިލާޑީނޯ މަގާމުން ވަކިކުރީ މި ފަހަރުގެ ސީޒަން ފަށައިގެން ޖެނޯއާގެ ނަތީޖާތައް ދަށްވުމުންނެވެ. އެ ގޮތުން، ލީގުގެ ފުރަތަމަ 12 މެޗުން ޖެނޯއާ އަށް 10 ޕޮއިންޓް ލިބުނުއިރު، އެ ޓީމު އޮތީ ލީގުގެ 17 ވަނައިގަ އެވެ.

ކުރިން މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ވިއޭރާ، 48، ކޯޗިން ކެރިއަރުގެ ފުރަތަމަ މަސައްކަތަކީ މެންޗެސްޓާ ސިޓީގެ 23 އަހަރުން ދަށު ޓީމެވެ. އެ ޓީމުގެ ކޯޗަކަށް އޭނާ ހުރީ 2013 އިން 2015 އަށެވެ. އޭގެ ފަހުން، 2016 އިން 2018 އަށް ނިއުޔޯކް ސިޓީގެ ކޯޗަކަށް މަސައްކަތްކޮށް، ދެ އަހަރު ދުވަހު، ފްރާންސްގެ ނީސް އަށް ކޯޗުކޮށްދިނީ 2018 އިން 2020 އަށެވެ.

އާސެނަލާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރި ކެޕްޓަން، ވިއޭރާ އެ ލީގުގައި ކޯޗަކަށް މަސައްކަތްކުރީ 2021 އިން 2023 އަށް ކްރިސްޓަލް ޕެލަސްގަ އެވެ. ފްރާންސް ލީގުގައި، ވިއޭރާ، މަސައްކަތްކުރި ދެ ވަނަ ކްލަބަކީ، ސްޓްރާސްބޯ އެވެ. އެ ޓީމަށް އިރުޝާދުދިނީ މިދިޔަ ސީޒަން އެކަންޏެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox