ކްރިކެޓް ރައީސަށް ދެން މަގާމުގައި ހުރެވޭނީ ޖެހިޖެހިގެން ދެ ދައުރު

Nov 21, 2024, 8:00 AM
ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފަައިސަލް: އޭނާ މިހާރު ފުރިހަމަކުރަމުން އަންނަނީ މަގާމުގައި ދެ ވަނަ ދައުރު.--- ފޮޓޯ: އަދަދު

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފަައިސަލް: އޭނާ މިހާރު ފުރިހަމަކުރަމުން އަންނަނީ މަގާމުގައި ދެ ވަނަ ދައުރު.--- ފޮޓޯ: އަދަދު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސާއި ނައިބު ރައީސަށް މަގާމުގައި ދެން ހުރެވޭނީ ޖެހިޖެހިގެން ދެ ދައުރު ކަމަށް ކަނޑައަޅައި ހިންގާ ގަވާއިދަށް ބަދަލުތަކެއް ގެނެސް، އިސްލާހުކޮށްފި އެވެ.

މިއީ، އެސޯސިއޭޝަނެއްގެ ރައީސް އާއި ނައިބު ރައީސެއްގެ ދައުރު ކުރިއަށްދެވޭނެ މުއްދަތެއް އަސާސީ ގަވާއިދެއްގައި ހިމަނައިގެން ރާއްޖޭގައި މި ގޮތަށް ކަނޑައަޅައި ފާސްކުރެވުނު ފުރަތަމަ ފަހަރެވެ.

ކްރިކެޓް ބޯޑުން ހިންގާ ޤަވާއިދަށް ގެނެވުނު މި އިސްލާހަކީ 19 އޮކްޓޫބަރު 2024 ވަނަ ދުވަހު ބޭއްވުނު ކްރިކެޓް ބޯޑުގެ ހާއްސަ އާންމު ޖަލްސާގައި ކުރިއަށްގެންދިޔަ ކަމެކެެވެ. މިހާރު މި ހިންގާ ގަވާއިދު ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފަ އެވެ.

އެ ގޮތުން، 2008 ވަނަ އަހަރު އެކުލަވާލެވުނު ކްރިކެޓް ބޯޑުގެ ހިންގާ ގަވާއި އިސްލާހުތަކެއް މި ގެނެވުނީ އޭގެ ފަހުން ފާސްކުރެވުނު ކުޅިވަރު ޖަމިޢިއްޔާތަށް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވާއިދުގައިވާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށާއި ބޯޑުގެ މެންބަރުން ހުށަހާޅާފައިވާ އިސްލާހުތަކެއް ހުރުމާ އެކު އެވެ. އަދި ކްރިކެޓް ބޯޑު ހިންގުމަށް އައިސްފައިވާ ބަދަލުތަކާއި އަދި މެންބަރުންގެ އަދަދު އިތުރުވުމާ ގުޅިގެން ގެންނަންޖެހޭ ބަދަލުތަކެއް ހުރުމުންނެވެ.

ކްރިކެޓް ބޯޑުގެ ރައީސްކަން ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ، މިހާރުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވީ އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ކްރިކެޓް ބޯޑުގެ ރައީސް އާއި ނާއިބު ރައީސްގެ ދައުރުގެ މުއްދަތު ކަންޑައެޅުން ކަމަށެވެ.

އެ ގޮތުން، އިސްލާހުކުރެވުނު އާ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސް އާއި ނާއިބު ރައީސް އަށް ވިދިވިދިގެން ފުރިހަމަ ކުރެވޭނީ ހަތަރު އަހަރުގެ ދެ ދައުރު ކަމަށެވެ.

"އެއަށް ފަހު ދެން އެ މަގާމަށް އާދެވޭނީ ހިންގާ ކޮމިޓީގެ 4 އަހަރުގެ އެއް ދައުރު ހަމަވުމުން. މި ބަދަލާއެކު ގިނަ ފަރާތްތަކަށް ބޯޑު ހިނގުމުގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ހުޅުވިގެން ދާނެ." ފައިސަލް ވިދާޅުވި އެވެ.

ހިންގާ ގަވާއިދަށް ދެން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި، ހިންގާ ކޮމިޓީގެ ކޮމްޕޮސިޝަން ބަދަލުކުރުމާއި، ފުރިހަމަ މެންބަރުންނާއި އެސޯސިއޭޓް މެންބަރުން ކަނޑައަޅާގޮތް އިތުރަށް ތަފްސީލު ކުރުން ވެސް ހިމެނެ އެވެ. އަދި ކްރިކެޓް ބޯޑުގެ ކޮމިޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މި އިސްލާހު ކުރެވުނު ކްރިކެޓް ބޯޑުގެ އާ ހިންގާ ޤަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ފައިސަލް ވިދާޅުވީ، ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދަށް ގެެނެވުނު ބަދަލުގެ ސަބަބުން ބޯޑުގެ މެމްބަރުންގެ ދައުރު ފުޅާވެެގެންދާނެ ކަމަށެވެ. މި ފަހުން، ކްރިކެޓް ބޯޑު މެމްބަރުންގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު، ފުރިހަމަ މެމްބަރުންނަށް ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީ އަށް އިތުރު ޖާގަ ލިބިގެންދާ ކަަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.

"ކްލަބްތައް ބާރުވެރި ކުރުވާ، އަދި އެކްޓިވް ކުރުމަށްޓަކައި، އަހަރު ތެރޭ ކޮންމެ މެންބަރަކުވެސް ވަކި ވަރަކަށް މުބާރާތްތަކުގައި ބައިވެރިވުން ލާޒިމް ކުރެވިފައިވޭ. އަދި، މެންބަރުންގެ ވޯޓިންގ ރައިޓްސް ދެމެހެއްޓުމަށްޓަކައި ވަކި ކަންކަން ފުރިހަމަ ކުރަންޖެހޭ ގޮތަށް ވަނީ ފާސް ކުރެވިފައި،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް، އެންމެ ފުރަތަމަ، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކްރިކެޓް ބޯޑުގެ ރައީސް ކަމަށް އިންތިހާބުވީ ގިނިކަންޏާ ވާދަކުރައްވަ އެވެ. އެކަމަކު، މިދިޔަ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު، ޝީ ބިލްޑިންގައި ބޭއްވި ކްރިކެޓް ބޯޑުގެ އިންތިހާބުގައި ފައިސަލް، އިތުރު ދައުރެއް ކާމިޔާބު ކުރެއްވީ، ކްރިކެޓްގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ ފަރުހަތު ޖަލީލްއާ ވާދަކުރައްވައިގެންނެވެ.

އަސާސީ ގަވާއިދަށް މި ގެނެވުނު ބަދަލާ އެކު ފައިސަލް އަށް ދެން އިތުރު ދައުރަކަށް ކްރިކެޓް ބޯޑަށް ކުރިމަތިލެވޭނީ ހަތަރު އަހަރަށް ފަހު އެވެ.

ކުރިން ކްރިކެޓާއި ވޮލީބޯޅަ ވެސް ކުޅުއްވި، ފައިސަލް، ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި އެވެ. އެ ގޮތުން، ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވި ފައިސަލް ނައިބް ރައީސަކަށް ހުންނެވީ 2012 އިން 2016 އަށެވެ. ފޮރިން މިނިސްޓްރީގައި އިސް މަގާމުތަކުގެ ޒިންމާ އަދާ ކުރައްވަމުން ވެސް ރާއްޖެ އަށް ކުޅިވަރުގެ ކަންކަމުގައި ފުރުސަތު ހޯދައިދޭން، ފައިސަލް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox