އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ކުރިއަށް ގެންދިޔުމާމެދު އިތުރަށް ވިސްނަން ސައުދުﷲ ގޮވާލައްވައިފި

Nov 21, 2024, 4:34 AM
ސައުދުﷲ މަޖިލީހުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އަރަބި ގައުމުތަކުން ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު ވިސްނަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް

ސައުދުﷲ މަޖިލީހުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އަރަބި ގައުމުތަކުން ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު ވިސްނަންޖެހޭ ކަމަށް -- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖެ މިއަދު މި އޮތީ އެހެން އެއްވެސް ގައުމަކާ "ޖެހިގަނެގެން" އުޅެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ވިދާޅުވެ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު އިތުރަށް ކުރިއަށް ގެންދިޔުމާމެދު ވިސްނުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ބުދަ ދުވަހު ގޮވާލައްވައިފި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ޖޫން 10، ގައި މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް އަވަސް ކުރަން މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން މަސައްކަތް ކުރާއިރު ދިވެހި ރައްޔިތުންނާމެދު ވެސް ވިސްނަންޖެހެ ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވަނީ މި ބިލު އަޅުގަނޑުމެން ކުރިއަށްގެންދިޔުމާ ދޭތެރޭގައި އިތުރަށް ވިސްނައިލަން އެބަޖެހޭ ނޫނިއްޔާމު އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދާލަންޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ކުރިން އެކަމުން ރާއްޖެއަށް ވާނީ ފައިދާތޯ ނޫނީ ގެއްލުންތޯ ވެސް ބަލަންޖެހޭ ކަމަށެވެ. އަދި އެއްވެސް ފިޔަވަޅެއް އަޅަންޖެހޭނީ "ހުރިހާ ކަމަކަށް، ހުރިހާ ގޮތަކަށް" ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިޒްރޭލުގެ ޕާސްޕޯޓު މަނާކުރީމަ އަޅުގަނޑުމެންގެ ރާއްޖެއަށް ވާނީ ފައިދާތޯ ގެއްލުންތޯ ވެސް އެކަން ނިންމުމުގެ ކުރިން އަޅުގަނޑުމެން ވިސްނަންޖެހޭ. އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިއަދު މި އޮތީކީ އެހެން އެއްވެސް ގައުމަކާ ޖެހިގަނެގެން އަދި އެހެން އެއްވެސް ރައްޔިތަކާ ޖެހިގަނެގެން އުޅެވޭފަދަ ހާލަތެއްގައެއް ނޫން އިއްޒަތްތެރި ރައީސް. އަޅުގަނޑުމެންގެ ހާލަތަކީ ހުރިހާ ކަމަކަށް ވެސް ހުރިހާ ގޮތަކަށް ވެސް ބަލައިގެން ފިޔަވަޅުއަޅަންޖެހޭ ހާލަތެއް އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުުރުން، އަރަބި ގައުމުތަކުން އިޒްރޭލާ ދެކޮޅަށް ނާޅާ ފިޔަވަޅެއް ދިވެހިން އަޅަންޖެހޭތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

"ފަލަސްތީނުގެ ވަށައިގެން އެ ތިބަ އަރަބީންނަކީ އާއިލީގޮތުން ވެސ،ް ދަރިފަސްކޮޅުގެ ގޮތުން ވެސް އަދި ދީނީ ގޮތުން ވެސް އެއްބަނޑު އެއްބަފާ ބައެއް. އެހެންކަމުން، އަޅުގަނޑުމެންނަށްވުރެ މާ މުއްސަނދ،ި މާ ފުދުންތެރި އަދި ފަލަސްތީނު ރައްޔިތުންނާ އެހާ ގާތް ބަޔަކު ނާޅާ ފިޔަވަޅެއް އަޅުގަނޑުމެން އަޅާއިރު އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ ވެސް އަޅުގަނޑުމެން ވިސްނަންޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ އެއްވެސް މަސައްކަތެއްނުކޮށް ގިނަ ދުވަސްތަކެއް ތިބުމަށްފަހު މި ހިނގާ ނޮވެމްބަރު 12، ގައި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން ނިންމީ އެ ބިލުގެ މަސައްކަތް ފެބްރުއަރީ، 2025، އާ ހަމައަށް ދިގުދެންމުމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ވަޒީރުންގެ މަޖިލީހުން ވެސް ޖޫން، 2024، ގައި ވަނީ ނިންމައިފަ އެވެ. ނަމަވެސް އޭގެ ފަހުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައި އޮތީ އިޒްރޭލުގެ އެންމެން ރާއްޖެ އައުން މަނާ ކުރުމާމެދު ވިސްނަންޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox