އޭޓީޕީ ފައިނަލްސް ތަށްޓާ އެކު ސިނާ އަށް ތާރީހީ ކާމިޔާބެއް

Nov 19, 2024, 4:39 AM
އޭޓީޕީ ފައިނަލްސް ތަށްޓާ އެކު ސިނާ އަށް ތާރީހީ ކާމިޔާބެއް

ޓިއުރިން (ނޮވެމްބަރު 19) - އެމެރިކާގެ ޓޭލާ ފްރިޓްޒް އަތުން ފަސޭހަކަމާ އެކު، 6-4، 6-4 އިން މޮޅުވެ، އޭޓީޕީ ފައިނަލްސްގެ ތަށި ހޯދި ފުރަތަމަ އިޓަލީ ކުޅުންތެރިޔާގެ ޝަރަފް، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ޖަނިކް ސިނާ ހާސިލްކޮށްފި އެވެ.

އަނެއްކޮޅުން، މިއީ، އިޓަލީގައި ކުޅެގެން ސިނާ، 23، އަށް ލިބުނު އޭޓީޕީ ލެވަލް މުބާރާތެއްގެ ފުރަަތަމަ ތަށްޓެވެ.

"ވަރަށް ތަފާތު އިހުސާސެއް ކުރެވެނީ، މިއީ، އިޓަލީގައި ކުޅެގެން އަހަރެންގެ ފުރަތަމަ ޓްރޮފީ. މިއީ، އަަހަރެންގެ ކެރިއަރުގައި ވެސް ވަރަށް ހާއްސަ މުބާރާތެއް. ވަރަށް ރަނގަޅު ފެންވަރެއްގައި އަހަންނަށް ކުޅެވުނު މުބާރާތެއްގައި މި ކާމިޔާބު މި ލިބުނީ،" ސިނާ ބުންޏެވެ.

އޭޓީޕީ ފައިނަލްސްގެ ތަށި ސިނާ ހޯދާފައިވަނީ، މުބާރާތުގައި އޭނާ ކުޅުނު އެއްވެސް މެޗެއްގައި ސެޓެއް ވެސް ނުގެއްލި އެވެ. މިއީ، 1986 ވަނަ އަހަރު ލެޖެންޑަރީ ޓެނިސް ތަރި، އިވާން ލެޑްލް، ސެޓެއް ނުގެއްލި، އޭޓީޕީ ފައިނަލްސް ކާމިޔާބު ކުރި ފަހުން އެ ފަދަ ކާމިޔާބެއް ކުޅުންތެރިއަކަށް ހޯދުނު ފުރަތަމަ ފަހަރެވެ.

ބަލި ހާލަތުގެ ސަބަބުން، އޭޓީޕީ ފައިނަލްސްގެ ކުރިން އޮތް ޕެރިސް މާސްޓާސް މުބާރާތުގައި ސިނާ ނުކުޅެ އެވެ. އަދި އަނިޔާގެ ސަބަބުން، ސާބިއާގެ ތަރި، ނޮވަކް ޖޮކޮވިޗް، އޭޓީޕީ ފައިނަލްސް ނުކުޅޭތީ، މުބާރާތުގެ ކުރިން ވެސް ސިނާ އަކީ ފޭވަރިޓް ކަމަށް އޮތީ ބެލެވިފަ އެެވެ.

ސިނާ، މި ފަހަރުގެ ޓެނިސް ސީޒަން ނިންމާލާފައި މި ވަނީ، 70 މޮޅު ހޯދައިގެންނެވެ. ސިނާ ވަނީ އެންމެ ފަހުން ކުޅުނު 27 މެޗުގެ ތެރެއިން 26 މެޗުން މޮޅުވެފަ އެވެ. ބަލިވީ ޗައިނާ އޯޕަން ފައިނަލްގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އަތުންނެވެ.

ޓެނިސް ސީޒަނުގައި ސިނާ ވަނީ މި އަހަރު އަށް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި، އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް އާއި އޮސްޓްރޭލިއާ އޯޕަން އާއި ފަހު ގްރޭންޑް ސްލޭމް ޔޫއެސް އޯޕަން ހިމެނެ އެވެ.

މި އަހަރުގެ މާޗް މަހު، ސިނާ ވަނީ މަނާބޭހަކަށް ދެ ފަހަރު ކުރި ޓެސްޓުން ވެސް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު، އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަން ޔަގީންވުމުން، ކުޅުމުގެ ފުުރުސަތު ދިނީ އެވެ. ސިނާގެ މި މައްސަލަ ބެލިބެލުމުގައި އެނގިފައިވަނީ، މިއީ، ސިނާގެ ފިޒިއޯތެރަޕިސްޓް އޭނާ އަށް ދިން ބޭހެއްގައި ހިމެނުނު މާއްދާއެއް ކަމެވެ. ސިނާ ސަސްޕެންޑްކުރަން ނިންމި ނަމަވެސް، އޭނާ އެ މައްސަލައިގައި އެޕީލްކޮށް، ކުޅުުމުގެ ފުރުސަތު ހޯދީ، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ފަހު ގޮތެއް ނިމެންދެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox