ނޭޝަންސް ލީގު: އިޓަލީ ބަލިކޮށް ފްރާންސް އަށް އެއް ވަނަ

Nov 18, 2024, 7:25 AM
ނޭޝަންސް ލީގު: އިޓަލީ ބަލިކޮށް ފްރާންސް އަށް އެއް ވަނަ

މިލާން (ނޮވެމްބަރު 18) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ތިނެއްގައި ރޭ ފްރާންސް އިން އިޓަލީ ދަނޑުގައި 3-1 އިން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ހޯދައިފި އެވެ.

އިޓަލީ އާއި ފްރާންސަށް މި މެޗުގެ ކުރިން ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ޔަގީންވެފަ އެވެ. އެއް ވަނަ ކަނޑައަޅަން ޖެހިފައި އޮތް މި މެޗުގައި، ކާމިޔާބު ހޯދައި، ފްރާންސް އިން ވަނީ އިޓަލީއާ އެއްވަރަށް ހަ މެޗުން 13 ޕޮއިންޓް ހޯދައިފަ އެވެ. ފްރާންސަށް އެއް ވަނަ ލިބުނީ ލަނޑުގެ ތަފާތުންނެެވެ.

މި ގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުން ބެލްޖިއަމް އަތުން އިޒްރޭލް 1-0 އިން މޮޅުވި ނަމަވެސް އެ ޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފަ އެވެ. ތިން ވަނައިގައި ނިންމި ބެލްޖިއަމާއި ގްރޫޕްގެ ފުލަށް ދިޔަ، އިޒްރޭލަށް ހަ މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، ލަނޑުގެ ތަފާތުންނެވެ.

ފްރާންސް އިން ލީޑުނެގީ މެޗުގެ ދެ ވަނަ މިނިޓްގައި، އެޑްރިއަން ރަބިއޯ ބޮލުން ޖެހި ގޯލުންނެވެ. މިއީ، ލޫކަސް ޑީނިއާގެ ކޯނަރަކުން ރަބިއޯ ޖެހި ގޯލެެކެވެ. ފްރާންސް އިން ލީޑުފުޅާކުރީ، 33 ވަނަ މިނިޓްގައި، ޑީނިއާގެ ހިލޭޖެހުމުން އިޓަލީގެ ކީޕަރު، ގުގްލިއެލްމޯ ވިކާރިއޯ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

އޭގެ ދެ މިނިޓް ފަހުން، އަންޑްރެއާ ކަމްބިއާސޯ ވޮލީ އަކުން ޖެހި ގޯލަކުން އިޓަލީން ފަރަގު ކުޑަކުރި އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި، ޑީނިއާގެ ހިލޭ ޖެހުމަކުން ރަބިއޯ ވަނީ އިތުރު ގޯލެއް ޖަހައި ފްރާންސަށް އަލުން ލީޑުފުޅާކޮށްދީފަ އެވެ. އިޓަލީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން، މޮއިސް ކީން ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު މޮއިސް ކީން ވަނީ މަތަކޮށްފަ އެވެ.

މިއީ، 1983 ވަނަ އަހަރު އިޓަލީ އަމިއްލަ ދަނޑުގައި ސްވިޑެން އަތުން 3-1 އިން ބަލިވި ފަހުން، އަމިއްލަ ދަނޑުގައި މި ވަރުގެ ފަރަގަކުން ބަލިވި ފުރަތަމަ މެޗެވެ.

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ އަށް ޖާގައިގެ ތެރެއިން ހަ ޖާގަ ވަނީ ޔަގީންވެފަ އެވެ. އެ ޖާގަތައް ހޯދާފައިވަނީ، ޕޯޗުގަލް، ފްރާންސް، ޖަރުމަނު، ސްޕެއިން، އިޓަލީ އަދި ނެދަލެންޑްސް އެވެ. ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލު އޮތީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox