އަފްގާނިސްތާނާއި ޔަމަން އަތުން ނޭޕާލާއި ލަންކާ އަށް މުހިންމު މޮޅެއް

Nov 17, 2024, 8:21 AM
މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ނޭޕާލްގެ ކީޕަރު ކިރަން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ނޭޕާލްގެ ކީޕަރު ކިރަން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ދޯހާ، ގަތަރު (ނޮވެމްބަރު 17) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުގައި ރޭ އަފްގާނިސްތާން އަތުން 2-0 އިން ނޭޕާލް މޮޅުވިއިރު، ފަހު ވަގުތު ލަނޑު ޖަހައި، ޔަމަަން އަތުން ސްރީ ލަންކާ އިން 1-0 އިން ވަނީ ކުރިހޯދައިފި އެެވެ.

ލަންކާގެ ކޯޗުކަމާ އަބްދުﷲ އަލް މުތައިރީ ދާއިމީ ކޮންޓްރެކްޓެއްގައި ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޔަމަން އަތުން މޮޅުވި ގޯލު ޖެހީ މެޗުގެ 89 ވަަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއަށް އައި ދިގު އެއްލުމެއްގައި ލިބުނު ފުރުސަތެއްގައި، ޖެކް ހިންގާޓް ބޮލުން ޖެހި ގޯލެކެވެ.

ކްރިސްޓަލް ޕެލަސް ޔޫތު ޓީމަށް ކުރިން ކުޅުނު ހިންގާޓަކީ އިންގްލެންޑަށް އުފަން ނަމަވެސް ލަންކާ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޭނާ ލަންކާ ޓީމަށް ކުޅެން ފެށީ، މި އަހަރުގެ މާޗް މަހުގަ އެވެ.

ނަބިން ނެޕޯންގެ ކޯޗުކަމުގައި ނޭޕާލުން މިދިޔަ ބުދަ ދުވަހު ތަޖިކިސްތާނާ ކުޅުނު މެޗުން 4-0 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު، ރޭ އަފްގާނިސްތާން އަތުން މޮޅުވެ، ވަނީ ހަަމަޖެހުމެއް ހޯދައިފަ އެވެ.

އެގާރަ އަހަރު ފަހުން އަފްގާނިސްތާނާ އެކު ނުކުތް މެޗުގައި، ނޭޕާލްގެ ލަނޑުތައް ޖެހީ، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޖަންގް ކާކީގެ އިތުރުން، މެޗު ނިމެން 12 މިނިޓަށް ވެފައިވަނިކޮށް، ރޯހިތު ޗާންދް އެވެ. މިއީ، ތަޖުރިބާކާރު ކުޅުންތެރިޔާ ރޯހިތު ނޭޕާލް ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox