ދަރަނި މައްސަލަ ހައްލުނުވެއްޖެނަމަ ލިޔޯން ރެލިގޭޓް ކޮށްލަން ނިންމައިފި

Nov 16, 2024, 5:29 AM
ދަރަނި މައްސަލަ ހައްލުނުވެއްޖެނަމަ ލިޔޯން ރެލިގޭޓް ކޮށްލަން ނިންމައިފި

ޕެރިސް (ނޮވެމްބަރު 16) - ދަރަނި މައްސަލަތައް ހައްލުނުކޮށްފިނަމަ، މި ސީޒަން ނިމުމުން ފްރާންސްގެ ދެ ވަނަ ޑިވިޝަނަށް ލިޔޯން ރެލިގޭޓްކޮށްލުމަށް ފްރާންސް ފުޓްބޯޅައިގެ މާލީ ކަންކަން ބަލަމުން އަންނަ ޑީއެންޖީސީން ނިންމައިފި އެވެ.

ފްރާންސްގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ލިޔޯން ހިންގަމުން އަންނަ، ޖޯން ޓެކްސްޓާ އަކީ، އެހެން ގައުމުތަކުގެ ކްލަބްތަކެއްގައި ވެސް ހިއްސާ އޮންނަ ފަރާތެކެވެ. އެ ގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އާއި ބްރެޒިލްގެ ބޮޓަފޯގޯގައި ވެސް ޓެކްސްޓާގެ ހިއްސާ އެބައޮތެވެ.

މި ކްލަބްތައް ހިންގާ ޓެކްސްޓާގެ ކުންފުނި، އީގަލްސް ފުޓްބޯލް ގްރޫޕްގެ ދަރަނި ވަނީ 500 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފަ އެވެ. މީގެ ތެރެއިން، ބޮޑު ބައެއް އޮތީ ލިޔޯންގެ މާލީ ކަންކަމާ ގުޅިފަ އެވެ.

ލިޔޯނަށް ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އެއްވެސް ކުޅުންތެރިއަކު ނުގަނެވޭނެ އެވެ. އަދި ބެލެވޭގޮތުގައި، ލިޔޯންގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެ ޓީމަށް ކުޅެމުން އަންނަ މުހިންމު ކުޅުންތެރިންތަކެއް ވިއްކާލުމުގެ ފުރުސަތު ބޮޑެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ލިޔޯންގެ މާލީ ހާލަތު ރަނގަޅުކުރުމަށް، ޓެކްސްޓާ މަޝްވަރާކުރަމުން އަންނަ އެއް ކަމަކީ ކްރިސްޓަލް ޕެލަސް އާއި ބޮޓަފޯގޯގައި އޭނާ ކޮންޓްރޯލް ކުރާ ހިއްސާގެ ތެރެއިން ވަކި ބައެއް ވިއްކާލުމަށެެވެ.

ކަރިމް ބެންޒެމާ ފަދަ ކުޅުންތެރިން ޕްރޮފެޝަނަލް ފުޓްބޯޅަ އަށް ނެރެދިން ލިޔޯން މި ފަދަ މާލީ ހާލަތެއްގައި މިހާރު މި އޮތީ އަހަރުތަކެއް ވަންދެން ގިނަ ގޯސްތަކެއް ހަދާފައިވާތީ އެވެ.

ލިޔޯން މި ވަގުތު އޮތީ ފްރާންސް ލީގުގެ ފަސް ވަނައިގަ އެވެ. އަދި ޔޫރޮޕާ ލީގުގެ ނުވަ ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox