ފޯލާންގެ ފުރަތަމަ ޕްރޮފެޝަނަލް ޓެނިސް މެޗު ނާކާމިޔާބު

Nov 14, 2024, 7:48 AM
ފޯލާންގެ ފުރަތަމަ ޕްރޮފެޝަނަލް ޓެނިސް މެޗު ނާކާމިޔާބު

މޮންޓެވީޑޯ، އުރުގުއޭ (ނޮވެމްބަރު 14) - އުރުގުއޭ ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ލެޖެންޑަރީ ފޯވާޑް، ޑިއޭގޯ ފޯލާން، ޕްރޮފެޝަނަލް ޓެނިސް މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.

އުމުރުން 45 އަހަރުގެ ފޯލާން، ފުޓްބޯޅަ ކެރިއަރު ނިންމާލީ 2019 ވަނަ އަހަރު އެވެ. ޕްރޮފެޝަނަލް ލެވަލްގައި، ފޯލާން ޓެނިސް ކުޅެން ނިންމައި، ކުޅުނު ފުރަތަމަ މެޗަކީ، އުރުގުއޭ އޯޕަންގެ ފިރިހެން ޑަބަލްސް އިވެންޓްގެ މެޗެކެވެ.

ފޯލާންގެ ޑަބަލްސް ޕެއާ އަކީ، އާޖެންޓީނާގެ ފެޑެރީކޯ ކޯރިއާ އެވެ. އޭނާ އަކީ، ދުނިޔޭގެ ފިރިހެން ސިންގަލްސްގެ 101 ވަނަ އެވެ، މިދިޔަ އަހަރު އޭނާ ވަނީ ދުނިޔޭގެ 49 ވަނަ އަށް ވެސް ޖެހިލައިފަ އެވެ. ފޯލާން އާއި ކޯރިއާގެ ޕެއާ އިން މިއަދު ކުޅުނު މެޗު 47 މިނިޓް ތެރޭ ނިމުނީ، އެ ޕެއާ 6-1، 6-2 އިން ބަލިވެެގެންނެވެ.

މިއީ، އޭޓީޕީ ޗެެލެންޖް ޓުއާ މުބާރާތެކެވެ. މި މުބާރާތަކީ، އޭޓީޕީގެ ދެ ވަނަ ފަންތީގެ މުބާރާތެކެވެ. ޖޫނިއާ ލެވަލްގައި ޓެނިސް ކުޅެފައިވާ ފޯލާން އަށް މި މުބާރާތުގައި ކުޅެން ފުރުސަތު ލިބުނީ، ވައިލްޑްކާޑް ސްލޮޓެއްގަ އެވެ.

އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ މާސްޓާސް އިވެންޓްތަކުގައި ކުޅެމުން އައި ފޯލާން ކުރިއަށް އޮތްތަނުގައި ވެސް އޭޓީޕީ ޗެލެންޖް ލެވަލްގެ މުބާރާތްތަކުގައި ކުޅެން ވަނީ ނިންމައިފަ އެވެ.

ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި ސީނިއާ ލެވަލް 20 އަހަރު ކުޅުނު ފޯލާން، މެންޗެސްޓާ ޔުނައިޓެޑާ 2002 ވަނަ އަހަރު ގުޅި އެ ޓީމަށް 98 މެޗު ކުޅެދިނެވެ. ފޯލާންގެ ކެރިއަރުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ ވިޔަރެއާލް އާއި އެތުލެޓިކޯ އަށް ކުޅުނުއިރު އެވެ. އޭނާ ވަނީ ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ދެ ފަހަރު ހޯދައިފަ އެވެ.

އުރުގުއޭ އިން 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ފޯލާން ވަނީ، ޖެހިގެން އައި އަހަރު ބޭއްވި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް އުރުގުއޭ އަށް ހޯދައިދޭން އެހީތެރިވެދީފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox