ސިޓީން ޖެނުއަރީގައި ޒުބިމެންޑީ ގަންނަން ނިންމައިފި

Nov 13, 2024, 4:29 AM
ސިޓީން ޖެނުއަރީގައި ޒުބިމެންޑީ ގަންނަން ނިންމައިފި

މެންޗެސްޓާ (ނޮވެމްބަރު 13) - ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު، މާޓިން ޒުބިމެންޑީ ގަންނަން ބިޑް ކުރުމަށް އިނގިރޭސި ޗެމްޕިއަން، މެންޗެސްޓާ ސިޓީން ނިންމައިފި އެވެ.

ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހޯދި ސްޕެއިނުގެ ރޮޑްރީގޯ (ރޮޑްރީ) އަށް އަނިޔާވެ، ސީޒަން ނިމުމާ އެކު، އެ މަގާމު ފޫބައްދަން ސިޓީން ބެލީ، މަޓެއޯ ކޮވަސިޗް އާއި އިލްކާއި ގުންޑޮގާންގެ ބޭނުން ހިފާށެވެ. އެކަމަކު، އެ ދެ ކުޅުންތެރިންނަށް ރޮޑްރީގެ މަގާމުގައި ރަނގަޅަށް ނުުކުޅެވުމުގެ ނަތީޖާ އަކަށްވީ ސިޓީން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމެވެ.

އެއާ އެކު، ސިޓީގެ މެނޭޖްމަންޓުން ޖެނުއަރީ ޓްރާންސްފާގައި މިޑްފީލްޑަރެއް ގަންނަން ނިންމީ އެވެ. ރޮޑްރީގެ ލަފާގެ މަތިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ މަޝްވަރާކުރުމަށް ފަހު، ސިޓީން ނިންމީ ޒުބިމެންޑީ ގަންނަން ބިޑް ކުރުމަށެވެ. އެ ގޮތުން، ޒުބިމެންޑީ، 25، ސޮސިއެޑާޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތްއިރު، އެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ 55 މިލިއަން ޑޮލަރު ދޭން ސިޓީން އޮތީ ތައްޔާރަށެވެ.

މީގެ ކުރިން، ލިވަޕޫލާއި އާސެނަލާއި ބަޔާން މިއުނިކް އަދި އިންޓަ މިލާނުން ވެސް ޒުބިމެންޑީ ހޯދަން މަސައްކަތް ކުރި އެވެ. އޭގެއިން އެއްވެސް ކްލަބެއްގެ ހުށަހެޅުން ގަބޫލުކުރަން އޭނާ ބޭނުމެއްނުވި ކަމުގައި ވިޔަސް، ސިޓީގެ ކޯޗު ގާޑިއޯލާއާ އެކު މަސައްކަތްކުރަން އެ ކްލަބްގެ އޮފާ އަށް ޒުބިމެންޑީ ރުހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox