ޔަމާލް ނުލައި ކުޅުނު މެޗުގައި ސޮސިއެޑާޑް އަތުން ބާސެލޯނާ ބަލިވެއްޖެ

Nov 11, 2024, 4:32 AM
ޔަމާލް ނުލައި ކުޅުނު މެޗުގައި ސޮސިއެޑާޑް އަތުން ބާސެލޯނާ ބަލިވެއްޖެ

މެޑްރިޑް (ނޮވެމްބަރު 11) - ސްޕެނިޝް ލީގުގައި ރޭ އަނިޔާގެ ސަބަބުން ބާސެލޯނާ އިން ލަމީން ޔަމާލް ނުލައި ކުޅުނު މެޗުގައި ރެއާލް ސޮސިއެޑާޑް އަތުން 1-0 އިން ބަލިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ރެޑްސްޓާ އަތުން މޮޅުވި މެޗުގައި 17 އަހަރުގެ ޔަމާލަށް ލިބުނު އަނިޔާއާ ހެދި އޭނާ ނުލައި ކުޅެން ޖެހުމުން، ރޭގެ މެޗުގައި ބާސެލޯނާގެ އެޓޭކް ފެނުނީ އާދައިގެ ގޮތަކަށެވެ.

ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ވެސް އޮފްސައިޑް ކަމަށް ނިންމިއިރު، ދެން، އެ ޓީމުގެ އެޓޭކްގައި ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ.

Advertisement

ސޮސިއެެޑާޑުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 33 ވަނަ މިނިޓްގައި ޝެރާލްޑޯ ބެކާ އެވެ. މީގެ އިތުރުން ވެސް މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތައް ސޮސިއެޑާޑަށް ލިބި ބޭނުުމެއް ނުކުރެވުނެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ، ޓީމުން ރޭވި ގޮތަށް ގިނަ ކަންކަން ނުދިޔައިރު، މެޗުންް މޮޅުވާން ބޭނުންވާ މަސައްކަތުގެ ރޭޓު ވެސް އެ ޓީމުގެ ކިބައިން ނުފެނުނު ކަމަށެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، މި ނަތީޖާއާ މެދު ކުރެވޭނެ ޝަކުވާއެއް ނެތް ކަމަށް ފްލިކް ވަނީ ބުނެފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް މި ވަގުތު ހަ ޕޮއިންޓުގެ ލީޑެއް ލިބިފައި އޮތް ކަމުގައި ވިޔަސް، މެޗު ހަމަކުރާއިރު، އެ ފަރަގު ތިން ޕޮއިންޓަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ. ބާސެލޯނާ އަށް 13 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ރެއާލުން ވަނީ 12 މެޗުން 27 ޕޮއިންޓް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox