މިނިވަން މުއައްސަސާތަކަށް ސަރުކާރުން ބިރުދެއްކުން ހުއްޓަލަން ޖެހޭ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މިނިވަން މުއައްސަސާތަކަށް ސަރުކާރުން ބިރު ދެއްކުން ހުއްޓަލަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: މިނިވަން މުއައްސަސާތަކަށް ސަރުކާރުން ބިރު ދެއްކުން ހުއްޓަލަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

މިނިވަން މުއައްސަސާތަކަށް ސަރުކާރުން ބިރު ދެއްކުން ހުއްޓާލަން ޖެހޭ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މީޑިއާގެ މިނިވަންކަމާއި، މީޑިއާ ރެގިއުލޭޓްކުރުމަށް މަތިކޮށްފައިވާ މީޑިއާ ކައުންސިލްގެ މުސްތަގިއްލުކަމާ ދެކޮޅަށް ސަރުކާރުން ހިންގާ އަމަލުތައް ހުއްޓާލަންޖެހޭ ކަމަށެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ މީޑިއާ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ ޕީއެސްއެމްއިން ވަކި ކުރި ކުރުމަށް އަމާޒުކޮށެވެ. އޭނާ ވަކި ކުރީ "އަދަދު" އިން ހެދި ތަހުގީގީ ޑޮކިއުމެންޓަރީ "ޖީ ސްކީލާން" އަށް އިނާމު ލިބުނު މަންޒަރު ޕީއެސްއެމް އިން ލައިވް ކުރުމުންނެބވެ.

މިގޮތުން، ޝާހިދު ވިދާޅުވީ މީޑިއާ ކައުންސިލް ޕީއެސްއެމްއިން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ ނާގާބިލުކަމާއި އަނިޔާވެރިކަން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ ކަމަށެވެ.

ޕީއެސްއެމް އިން ވަކި ކުރިއިރު، މުސްތަފާ ހުންނެވީ ނިއުސް އޮޕަރޭޝަންސް މެނޭޖަރުގެ މަގާމުގަ އެވެ. އިއްޔެ ވަޒީފާއިން ވަކި ކުރިއިރު، ޕީއެސްއެމްގައި އޭނާ 30 އަހަރު ވަނީ ހިދުމަތްކޮށްދީފަ އެވެ.

"ޖީ ސްކީލާން" އަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަވަހާރަވި ފަހުން ބައްޕާފުޅުގެ އަނބިކަނބަލުން މާލެ ވަޑައިގަތުމަށް މަސައްކަތް ކުރުމުން ރާއްޖެ ނާރުވައި ޑީޕޯޓްކޮށްލި މައްސަލައަށް ތައްޔާރުކޮށްފައިވާ ތަހުގީގީ ޑޮކިއުމެންޓަރީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox