ނޭޕާލް ބަލިކޮށް ބަންގްލަދޭޝް އިން ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކޮށްފި

Oct 31, 2024, 5:36 AM
ނޭޕާލް ބަލިކޮށް ބަންގްލަދޭޝް އިން ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކޮށްފި

ފައިނަލުގައި މުބާރާތް ބޭއްވި ގައުމު ކަމަށްވާ ނޭޕާލްގެ މައްޗަށް 2-1 އިން ކުރިހޯދައި، ބަންގްލަދޭޝް އިން ވަނީ ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ދިފާއުކޮށްފި އެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕް ހަތް ފަހަރު ބޭއްވިއިރު، ފުރަތަަމަ ފަސް ފަހަރު ތަށި ހޯދީ އިންޑިއާ އިންނެވެ. ބަންގްލަދޭޝް އިން ދެ ފަހަރު ވެސް ތަށި ހޯދީ ފައިނަލުގައި ނޭޕާލްގެ މައްޗަށް ކުރިހޯދައިގެންނެވެ. އެ ގޮތުން، މީގެ ދެ އަހަރު ކުރިން، ކަތުމަންޑޫގައި ކުޅުނު ފައިނަލުގައި ނޭޕާލް އަތުން ބަންގްލަދޭޝް މޮޅުވީ 3-1 އިންނެވެ.

ނޭޕާލުގެ ދަސަރަތު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 52 ވަނަ މިިނިޓްގައި މޮނިކާ ޗަކްމާގެ ގޯލުން ބަންގްލަދޭޝް ލީޑުނެގިތާ ހަތަރު މިނިޓް ފަހުން ނޭޕާލަށް އެއްވަރުކޮށްދިނީ އަމީޝާ ކާކީ އެވެ. ބަންގްލަދޭޝް މޮޅުވި ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނިޓްގައި ރިތޫ ޕޯރްނާ އެވެ. އޭނާ އަކީ މުުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ހާސިލްކުރި ކުޅުންތެރިޔާ އެވެ.

ބަންގްލަދޭޝް އަތުން ސެމީ ފައިނަލުގައި 7-1 އިން ބަލިވި ބޫޓާން އަކީ މުބާރާތުގެ ފެއާ ޕްލޭ ޓީމެވެ. ނޭޕާލުން ވަނީ ސެމީ ފައިނަލުގައި މައްސަލަ ބޮޑުވި މެޗުން ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓިއިރު، ކުޅުނު ތިން މެޗުން ވީ ބައްޔެވެ. ފުރަތަމަ މެޗުގައި ލަންކާ އަތުން 1-0 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން 11-0 އިން އަދި ތިން ވަނަ މެޗުގައި ބޫޓާން އަތުން 13-0 އިން ބަލިވި އެވެ. ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ 10 އަހަރުވެފައިވާއިރު، ބައިނަލްއަގުވާމީ މުބާރާތްތަކަށްދާއިރު، ދިމާވަނީ ޑޮމެސްޓިކް މެޗުތައް ނުލިބޭ މައްސަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox