މަންޗިނީ، ސައުދީ އަރަބިއްޔާގެ ކޯޗުކަން ދޫކޮށްލައިފި

Oct 24, 2024, 6:17 PM
މަންޗިނީ، ސައުދީ އަރަބިއްޔާގެ ކޯޗުކަން ދޫކޮށްލައިފި

ރިޔާދު، ސައުދީ އަރަބިއްޔާ (އޮކްޓޫބަރު 24) - ސައުދީ އަރަބިއްޔާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އިޓަލީގެ ރޮބާޓޯ މަންޗިނީ ވަނީ ދޫކޮށްލައިފަ އެވެ.

އިޓަލީގެ ކުރީގެ ކުޅުންތެރިޔާ، މަންޗިނީ މި ގޮތަށް ނިންމައިފައިވަނީ، ސައުދީ ފުޓްބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރުމަށް ފަހު އެވެ.

އިޓަލީ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލިތާ ދެ ހަފްތާ ފަހުން، މަންޗިނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހު ސައުދީގެ ކޯޗަކަށް ސޮއިކުރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އެ މަގާމުގައި އެއް އަހަރުވިތަނާ މަންޗިނީ މި ވަނީ ސައުދީ ފެޑެރޭޝަނާ އެކު، މަޝްވަރާކޮށް އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ.

މަންޗިނީ، ސައުދީއާ އެކު ހެދި ކޮންޓްރެކްޓްގައިވާ ގޮތުން އޭނާ އަށް އަހަރެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ލިބެ އެވެ. މިއީ ގައުމީ ޓީމްތަކަށް ކޯޗުކަންކޮށްދޭ ކޯޗުންނާ ބަލާއިރު ރެކޯޑު އަދަދެކެވެ. ވޯލްޑް ކަޕްތަކުގައި ވާދަކުރާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކޯޗުންނަށް އަހަރެއްގެ މައްޗަށް އެވަރެޖްކޮށް ލިބޭނީ 8-10 މިލިއަން ޑޮލަރެވެ.

ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަނުން މަންޗިނީއާ ހަވާލުކުރި މައިގަނޑު ދެ ޓާގެޓަކީ އަންނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބުކުރުމާއި 2026ގެ ވޯލްޑް ކަޕަށް އެޓީމް ކޮލިފައިކޮށްދިނުމެވެ. އެކަމަކު، މި އަހަރުގެ އޭޝިއަން ކަޕްގެ ގަދަ 16 އިން ސައުދީ ވަނީ ކަޓައިފަ އެވެ. އެ ގޮތުން،، ދެކުނު ކޮރެއާ އަތުން ޕެނަލްޓީ ޖަހައިގެން ގަދަ 16 ބުރުގައި ސައުދީ ކެޓި މެޗުގައި ހިނގާދިޔަ ކަމަކުން ވެސް މަންޗިނީއާ މެދު ނުރުހުން އަމާޒުވި އެވެ.

ސައުދީން އެއް ގޯލުގެ ލީޑެއްގައި އޮއްވައި، ދެކުނު ކޮރެއާ އިން އެއްވަރުުކުރީ އިތުރު ވަގުތުގެ ނުވަ ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުމަށް ފަހު ވަނީ ޕެނަލްޓީ ޖަހައިފަ އެވެ. ޕެނަލްޓީގައި ކޮރެއާ މޮޅުކޮށްދިން ޕެނަލްޓީ އެ ޓީމުގެ ހްވާން ހީ ޗާން ފޮނުވާލުމުގެ ކުރިން، މަންޗިނީ ވަނީ ޓަނަލް ތެރެއިން ޗޭންޖިން ރޫމަށް ގޮސްފަ އެވެ.

އެކަމާ ބެހޭގޮތުން މެޗަށް ފަހު ނޫސްވެރިން ސުވާލުކުރުމުން، މަންޗިނީ ބުނީ، ޗޭންޖިން ރޫމަށް ދިޔައީ މެޗު ނިމުނުކަމަށް ހީކޮށް ކަމަށާއި އެކަމާ މާފަށް އެދޭ ކަމަށެވެ. ސައުދީގެ ޓީވީއެއް ކަމަށްވާ އެސްއެސްސީ އަށް ދިން އިންޓަވިއުއެއްގައި، ސައުދީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔާސިރު ވިދާޅުވީ، މަންޗިނީގެ ފަރާތުން ފެނުނު އެ ކަންތައްތަކަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

މަންޗިނީ، ސައުދީ ކޯޗުކަން ދޫކޮށްލާފައި މި ވަނީ ފެޑެރޭޝަނާ އެކު ގިނަ ދުވަސްތަކެއް ވަންދެން ހިތްހަމަނުޖެހުންތަކެއްގައި އުޅުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox