ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ލީޑަރު ޒާހިޔާ ރިޓަޔާކޮށްފި

Oct 24, 2024, 5:38 PM
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ލީޑަރު ޒާހިޔާ ރިޓަޔާކޮށްފި

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުރީގެ ކެޕްޓަނެއް ކަމަށްވާ އައިމިނަތު ޒާހިޔާ، މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ފަހު ޓީމުން ރިޓަޔާކޮށްފި އެވެ.

ޒާހިޔާ، 31، ރިޓަޔާކުރިކަން އިއުލާނުކުރީ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖޭން ކުޅުނު ފަހު މެޗަށް ފަހު އެވެ. ބޫޓާން އަތުން 13-0 އިން ރާއްޖެ ބަލިވި މެޗުގައި ޒާހިޔާ ކުޅެން އެރީ ބަދަލަކަށެވެ. މި މުބާރާތުގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ޒާހިޔާ ވަނީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

ދިވެހި ސިފައިންގެ ކްލަބްގައި ވެސް ތަފާތު ދައްކާ ޒާހިޔާ، ވަނީ ގައުމީ ޓީމަށް 10 އަކަށް ވުރެ ގިނަ އަހަރު ކުޅެދީފަ އެވެ. އޭނާ އެންމެ ފަހުން ބޭއްވި ދެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ކުޅެފައިވަނީ ކެރިއަރުގައި ދިމާވި ބޮޑު އަނިޔާއަކުން އަރައިގަނެ، އަލުން ކުޅުމަށް އެނބުރި އައުމަށް ފަހު އެވެ.

މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން ޒާހިޔާ (ކ).

ޒާހިޔާ އަށް އަނިޔާވީ 2018 ވަނަ އަހަރު ގައުމީ އަންހެން ޓީމުން ބަހްރޭނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ޒާހިޔާގެ އަތްބިންދައިގެން ގޮސް، އޭނާ އިތުރު ފަރުވާ އަށް އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންދިޔަ އެވެ.

އަންހެން ފުޓްބޯޅައިގައި ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ޒާހިޔާގެ އަތްބިންދައިގެން ދިޔައިރު، ދެ ކަށިގަނޑު އެއްކޮށް ދިއުމުން އޭރު ވެސް އޭނާ އަށް އޮތް ބިރަކީ "އެނބުރި ދަނޑަށް އާދެވޭނެތޯ" އުފެދޭ ސުވާލަށް ޔަގީން ޖަވާބެއް ސިކުނޑީގައި ވެސް ނެތުމެވެ.

ބަހްރޭނުގައި ފުރަތަމަ އޮޕަރޭޝަނެއް ކުރިއިރު، އަތުގައި ދަގަނޑު ޕްލޭޓެއް އަޅައި، އެތެެރެއިން ބޯލްޓް ލައްވައިގެން، ދުވަސްތައް ގުނީ އަނިޔާއިން ރިކަވަރީވުމަށް ޝެޑިއުލެއް ހަދައިގެންނެވެ.

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ޒާހިޔާ (މ) ބޯޅަ ފޮނުވާލަނީ.

އެކަމަކު، މާލެ އައިސް ރިކަވަރީ މުއްދަތުގައި އިތުރު ކަންތައްތަކާ ކުރިމަތިލާން ޖެހުނެވެ. އައިޖީއެމްއެޗުން އިތުރު އޮޕަރޭޝަނެއް ކުރުމުން ވެސް އަތުގައި ހުރި ރިހުމަށް ލުޔެއް ނުލިބި ދިއުމުން، ދެން ޖެހުނީ އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.

އެހެންވެ، ޓްރީޓޮޕަށް ދައްކައިގެން ބެލިއިރު، އަތުގެ ކަށިގަނޑު އޮތީ ފީވެފަ އެވެ. އެހެންވެ، އަތުގެ އެ ކަށިގަނޑު ބުރިކޮށްލައިގެން ވެސް ކުޅުން ކުރިއަށްގެންދަން ބޭނުންވާތީ އެ ގޮތަށް ކުރިއަށް ދިޔައީ އެވެ. އަތުގައި ބޭންޑެއް އަޅައިގެން ވެސް ހުރި ހިތްވަރެއް ނެރެގެން، ކެރިއަރު ނިންމާލީ އެންމެ މަތީ ފަންތީގައި ރާއްޖެ ތަމްސީލްކޮށްގެންނެވެ.

ޒާހިޔާގެ ރިޓަޔާމަންޓް ހަބަރާ އެކު، ރާއްޖޭގެ އަންހެން ފުޓްބޯޅައިގައި ހިދުމަތްކޮށްދިން އެތައް ފަރާތަކުން އަންނަނީ، އޭނާ ގައުމީ ޓީމުގައި ހިމެނިގެން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ޝުއޫރު ފާޅުކުރަމުންނެވެ.

ޒާހިޔާގެ ރިޓަޔާމަންޓަށް ހާއްސަކޮށް، ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ދިން ގާޑް އޮފް އޮނާ އަށް ފަހު.-- ފޮޓޯ: ސޯޝަލް މީޑިއާ

ރިޓަޔާމަންޓް އިއުލާނުކުރިއިރު، ޒާހިޔާ އަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ، ގައުމީ ޓީމުގައި އޭނާއާ އެކު، އެއް ޓީމެއްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ތިން ކުޅުންތެރިން މި ވަގުތު ކޯޗިން ޓީމުގައި ތިބުމެވެ. އެއީ، ކޯޗިންގައި މުހިންމު ހަރުފަތްތަކެއް ކަނޑަތުކުރަމުން އަންނަ، ކުރީގެ ކުޅުންތެރިން ކަމަށްވާ، މަރިޔަމް މިރުފަތު، ޝީނީޒް މުހައްމަދު އަދި އާމިނަތު ޝިޔާނާ އެވެ.

ޒާހިޔާ، ރިޓަޔާކޮށްފައި މި ވަނީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގައި އައި ދެ ޖީލުގެ ކުޅުންތެރިންނާ އެއް ޓީމެއްގައި ކުޅެ، ނަމޫނާ ދެއްކުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox