ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ސެމީ ފައިނަލުގެ އުންމީދު

Oct 17, 2024, 3:53 AM
ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ލީޒާ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ލީޒާ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ނޭޕާލުގައި މިއަދު ފަށާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު އެބައޮތް ކަމަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އައިމިނަތު ލީޒާ (ލިޒީ) ބުނެފި އެވެ.

ޖުމްލަ ހަަތް ޓީމު ވާދަކުރާ މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ، ގްރޫޕް ބީގަ އެވެ. މުބާރާތުގެ ހޯސްޓް، ނޭޕާލްގެ އިތުރުން، ދެން، ރާއްޖެއާ އެކު މި ގްރޫޕްގައި އޮތީ ސްރީ ލަންކާ އާއި ބޫޓާން އެވެ. ގްރޫޕް އޭގައި ހިމެނެނީ، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި، މާދަމާ ލަންކާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، 21 ވަނަ ދުވަހު ނޭޕާލާ ބައްދަލުކޮށް، ގްރޫޕްގެ ފަހު މެޗުގައި، 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނުކުންނާނެ އެވެ.

ތަޖުރިބާކާރު ކުޅުންތެރިޔާ، ލީޒާ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބުނީ، ގްރޫޕް އިން ގޮތަށް ބަލާއިރު، ރާއްޖެ އަށް އެޑްވާންޓޭޖް ނެގޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ވަރަށް ބޮޑު އުންމީދެއް އެބައޮތް ސެމީ އަށް ދެވޭނެ ކަމުގެ، އެއީ، ރޭންކް ކޮށްލާއިރު، ނޭޕާލް ނުލައި ދެން އިން ދެ ޓީމަކީ ވެސް ހަމަ ރާއްޖެއާ ގާތްގަނޑަކަށް އެއް ލެވަލެއްގެ ޓީމުތައް އެހެންވީމަ ހަމަ މަސައްކަތްކޮށްލައިގެން އިރާދަކުރެއްވިއްޔާ އެ ޓީމުތައް ކައިރިން ރަނގަޅު ނަތީޖާ ހޯދައިގެން ސެކަންޑް ރައުންޑް (ސެމީ ފައިނަލަށް) ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދީފައިވާ ލީޒާ ބުންޏެވެ.

ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުދަށުން ޕްރެކްޓިސްތައް ފަށައިގެން، އަންހެން ޓީމުގެ ތައްޔާރީތަކަށް ދިމާވި އެންމެ ބޮޑު ކަމަކީ، ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން މުބާރާތް، އެއިޓީން ތާޓީ ފުޓްސަލް މުބާރާތް މީގެ ތެރެއަށް ވަދެ، ހަތަރު ވަރަކަށް ހަފްތާ އެންމެ ރަނގަޅަށް ޕްރެކްޓިސް ނުކުރެވުން ކަމަށް ވަނީ ބުނެފަ އެވެ.

ނިޒާމްބެގެ އެ ވާހަކަތަކަށް ލީޒާ ވެސް ތާއީދުކުރި އެވެ. އޭނާ ބުނީ ތައްޔާރީތައް އެންމެ އެންމެ ހިތްހަމަ ޖެހޭ ވަރަށް ނުދާ ކަމަށާއި އެކަމަކު، ވެސް މީގެ ޕޮޒިޓިވްކޮށްދިޔަ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ.

"ޓޯނަމެންޓް ކައިރިވެފައި އިންއިރު، ރާއްޖޭގައި ބާއްވާ އަންހެން ފުޓްސަލް މުބާރާތް މި ދިމާވީ، ގިނަ ކުޅުންތެރިންނަކީ އޮފީސްތަކުގައި ވޯކްކުރާ މީހުން ވީމަ އެ އަށް ރިލީސް ކޯޗުދިން، އެެހެންވީމަ، އެންމެ ނަގަންވި ވަގުތުގައި (ޓީމު) ހިއްލައި ނުލެވި މިދިޔައީ. ދެން އެކަމަކު ވެސް ޕްރެކްޓިސްތައް ކޮންޓިނިއު ކުރި އެހެންވީމަ އެންމެ އެންމެ ހިތްހަމަނުޖެހޭ ވަރު ނޫނަސް މުބާރާތަށް ތައްޔާރުވެފައި މި އޮތީ އެ ލިބުނު ޓައިމްކޮޅާ ބަލާފައި،" ލީޒާ ބުންޏެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ އަންހެން ޓީމުގެ ސިލެކްޝަނެއް ބޭއްވުމުން ވަރަށް ގިނަ ޒުވާން ކުޅުންތެރިން އަ އެވެ. ލީޒާ ބުނީ އޭގެ ތެރެއިން ހަ ވަރަކަށް ކުޅުންތެރިން ޓީމަށް އެރި ކަމަށެވެ. އެކަމަކު، ކަންބޮޑުވުމަކީ މި ކުޅުންތެރިންނަކީ 11 ކުޅުންތެރިން ލައިގެން ކުޅޭ ފުޓްބޯޅަ މުބާރާތްތަކުގައި، ކުޅެފައި ނެތް ކުޅުންތެރިން ކަމަށްވާތީވެ، ފުރަތަމަ ވެސް މި ނުކުންނަން ޖެހެނީ އިންޓަނޭޝަނަލް މުބާރާތަކަށް ވުން ކަމަށް ލީޒާ ފާހަގަކުރި އެވެ.

"ދެން، އޭގެ ތެރެއިން ސީނިއާ ޕްލޭޔަރުންނާ ދެން ހަމަ އެބަތިބި ދެތިން މުބާރާތް ކުޅެފައިތިބި ކުޅުންތެރިން. ދެން އެ ކުޅުންތެރިންނަކީ ވެސް ހަމަ ވަރަށް ޔަންގް ކުދިން، ދެން، އެހެންވީމަ ވަރަށް ރަނގަޅު ސްކޮޑެއް ފޯމު ވަމުން މި ދަނީ،" ލީޒާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox