ޑރ. ސަވާދުގެ ރައްދު: މި ސަރުކާރުން ބާރު ހޯދަން ދެއްކީ ދޮގުވެރި މަކަރުވެރި ވާހަކަ!

ޑރ. އަހުމަދު އަލީ ސަވާދު

ޑރ. އަހުމަދު އަލީ ސަވާދު

ރިޔާސީ އިންތިހާބުގައި މިއަދުގެ ސަރުކާރުން ވީ ވައުދުތަކަކީ ހިސާބެއް ކިތާބެއް ދުނިޔަވީ ހަގީގަތެއް، ހެޔޮ ލަފާ އިންސާނުން ކަންކުރާ ގޮތް ނުބަލައި ހަމައެކަނި އަދާވާތްތެރިވެ، ކޮންމެ ހާލެއްގަ ވެސް ވެރިކަމުގެ ބާރު ހޯދަން ދެއްކީ ދޮގުވެރި މަކަރުވެރި "މެއްކިއަވެލިއަން" ވާހަކަތަކެއް ކަމާއި އެކަމުގެ އަގު އަދާކުރަން މި ޖެހެނީ ދިވެހި ރައްޔިތުން ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ސަވާދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ކޮއްކޮ އެވެ.

އެޓާނީ ޖެނެރަލް ކަމާއި ޓޫރިޒަމް މިނިސްރުކަން އޭނާ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

މި ސަރުކާރަށް އަމާޒު ކުރައްވައި ސަވާދު ރޭ އެކްސްގައި ލިޔުއްވީ އިންޑިއާ ގުޅޭ ކަންކަމުގައި ރައީސް މުއިއްޒު ގެންގެވި "ޔޫ ޓާން"އަށް މީހުން ފާޑުކިޔަމުން ދަނިކޮށެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ސަރުކާރުގެ ވެރިން، އިދިކޮޅުގައި ތިއްބެވިއިރު އިންޑިއާ އަށް އިންތިހާ އަށް ކުޑައިމީސްކޮށް ވާހަކަތަކާއި މަލާމާތުގެ ކުރެހުންތައް ހަދާފައި ވާއިރު، އަދި އެމްޑީޕީ އާއި އިންޑިއާގެ ބީޖޭޕީ އާއި ގުޅިވައިގެން ގިނަ ވާހަކަތައް ފެތުރި އެވެ. އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކަކީ ރާއްޖޭގެ އިސްތިގުލާލަށް ހުރި ނުރައްކަލެއް ކަމާއި، އިންޑިއާއިން އުޅެނީ ރާއްޖެ އަޅުވެތިކުރަންކަމަށް ބުނަމުން ދިޔަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވެރިން އިސްވެ ތިބެ އޭރު "އިންޑިއާ އައުޓު" ނަމުގައި ކެމްޕޭނު ހިންގާފައި ވާއިރު، ވެރިކަން ލިބުމުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތް ކޮށް، ކުރިން ގޯސްވި އެއްބަސްވުންތައް ދަމަހައްޓައި އާ އެއްބަސްވުންތައް ވެސް ވަނީ ހަދައިފަ އެވެ.

އެކަންކަމަށް އިޝާރާތް ކުރައްވައި ސަވާދު ވިދާޅުވީ ދެއްކި ވާހަކަޔާ ކަންކުރާ ގޮތާ ދިމާނުވީމަ އެއީ ދޮގު މަކަރުވެރި ހުސް ބަސްތަކަކަށް މެނުވީ ނުވާނެ ކަމަށެވެ.

"ހަދާހާ ދޮގަކާ މަކަރެއްގެ އަގު އަދާކުރަންޖެހެނީ ދިވެހި ރައްޔިތުން. ވިސްނަންތިބީވެސް ރައްޔިތުން. ހަދާ ދޮގުތަކަށް ރައްދުދީ ހައްގު ގާއިމްކުރަންވެސް ތިބީ ރައްޔިތުން،" ސަވާދު ވިދާޅުވި އެވެ.

އެފަދަ ކަންކަމަކީ މެއްކިއަވެލިއަން ފިކުރު ކަމަށް ސަވާދު ވިދާޅުވި އެވެ. އެއީ ކޮންމެ އެއްޗެއް ކިޔައިގެންވެސް، ކޮންމެ ކަމެއް ކޮށްގެންވެސް ސިޔާސީ ބާރު ހޯދުން ކަމަށާއި އެއީ ދޮގާ މަކަރާ ހީލަތާ އޮޅުވާލުމާ ވައްކަމުން މީސްތަކުންގެ މައްޗަށް ގަދަވެގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއީ އިސްލާމީ ތަހުޒީބާ އަހުލާގާ ހިލާފު އަދަބު އަހުލާގުގެ ހަމަތަކުން ބޭރު ސިޔާސީ ފިކުރެއް ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ރާއްޖޭގައި ގާއިމުވެފައިވާ އިންޑިއާގެ އަސްކަރިއްޔާ ފޮނުވައިލުމެވެ. ނަމަވެސް ރާއްޖޭގައި އޮތް އިންޑިއާ ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ރައީސް މުއިއްޒު ފޮނުވައި ނުލަ އެވެ.

އިންޑިއާ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ފަހު، އެ އުޅަނދުތައް ދުއްވަން ކުރިން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ އަސްކަރިއްޔާގެ ދަށުގައި އޮތް ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ އެއްބަސްވުމުގައި ތިބި ބަޔަކު ގެނައުމަކީ ރިޔާސީ އިންތިހާބުގައިވި ވައުދު ފުއްދުން ކަމަށް މި ސަރުކާރުން، އަދި ރައީސް މުއިއްޒު ވެސް ގަބޫލުކުރައްވަ އެވެ.

ނަމަވެސް އެއީ ވީ ވައުދު ފުއްދުން ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox