މަސްވެރިން ރަތަށް ދިޔައީ މި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުން: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ފިޝަރީޒް މިނިސްޓްރީގެ ޓީމު ރަށްރަށުން ބޭރުކުރަން ފެށީ މި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި އެމްޑީއޭ އަށް ނިސްބަތްވާ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ފިޝަރީޒު މިނިސްޓްރީގެ ޓީމު އިއްޔެ ގއ. ދެއްވަދޫން ބޭރުކުރާ ވީޑިއޯއާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ "ރާއްޖޭގެ މަސްވެރިންގެ ހާލަތު މިހާ ހިސާބަށް ދިޔައީ ފާއިތުވަމުން މިދާ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަހާއި އަމަލު ދިމާނުވުމުގެ ސަބަބުން، މަސްވެރިންގެ އަތްމަތި ދަތިވެ، ދަރަނިވެރިވެ، އެބައި މީހުންގެ އާއިލާތައް މަގުމަތިވާ ހިސާބަށް ދިޔައީމަ" ކަމަށެވެ.

މެންބަރު އައްބާސްއަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުއާ ވަރަށް އަރިސް ބޭފުޅެކެވެ.

ނިމިގެން ދިޔަ ހަފުތާ ބަންދާ ދިމާކޮށް ފިޝަރީޒު މިނިސްޓްރީގެ ޓީމެއް ގއ. އަތޮޅަށް ދިޔައީ ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށެވެ. ނަމަވެސް، މަސްވެރިން ބޭނި މަސްކޮޅަށް ފައިސާ ނުލިބޭތީ އެކަމުގެ ރުޅީގައި އެ ޓީމު ރަށްރަށުން ބޭރުކުރި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު އިސްކޮށް ހުންނެވި އެ ޓީމު، ގއ. ދާންދޫ، އަދި އެ އަތޮޅު ދެއްވަދޫން ބޭރުކުރި އެވެ. އަދި ރ. އަތޮޅު ދުވާފަރުގައި ވެސް އިއްޔެ މަސްވެރިން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް، ސަރުކާރާ ދެކޮޅު ޝުއޫރުތައް ލިޔެ ބެނާތައް ދަމައިފަ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް މަސްވެރިން ބުނީ ކިރުވި މަހަށް ފައިސާ ނުލިބޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ 48 ގަޑިއިރުތެރެގައި ފައިސާ ދޭނެ ކަމަށެވެ. އަދި މަހުގެ އަގު ކިލޯއެއް 20ރ. ވުރެ ދަށް ނުކުރާނެ ކަމަށް ބުނުމަށް ފަހު މަސް ގަންނަ އަގު ވެސް ވަނީ ދަށްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox