ދެއްވަދޫއަށް "ވަގަށް އެރި" ފިޝަރީޒް މިނިސްޓްރީގެ ޓީމު ރަށުން ބޭރުކޮށްލައިފި

Sep 28, 2024, 9:34 AM
ފިޝަރީޒް މިނިސްޓްރީގެ ޓީމު ދެއްވަދޫއިން ބޭރުކޮށްލަނީ: މަސްވެރިން ބުނީ އެ ޓީމުން ރަށަށް އެރީ މަސްވެރިން ނަމާދަށް ތިއްބައި ވަގަށް ކަމަށް -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

ފިޝަރީޒް މިނިސްޓްރީގެ ޓީމު ދެއްވަދޫއިން ބޭރުކޮށްލަނީ: މަސްވެރިން ބުނީ އެ ޓީމުން ރަށަށް އެރީ މަސްވެރިން ނަމާދަށް ތިއްބައި ވަގަށް ކަމަށް -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

މިއަދު މެންދުރު ގއ. ދެއްވަދޫއަށް ދިޔަ ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށުން ބޭރުކޮށްލައިފި އެވެ.

ދެއްވަދޫއިން މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުނީ މަސް ފިނި ކުރާ އާރްއޯ ޕްލާންޓާ ގުޅޭ މައުލޫމާތު ދޭން ދިޔަ ފިޝަރީޒް މިނިސްޓްރީގެ ހަ މީހުން ހިމެނޭ ޓީމު ރަށުން ބޭރުކޮށްލީ މަސްވެރިން ނުކުމެ ކަމަށެވެ.

"އަހަރުމެން މެންދުރު ނަމާދަށް ތިއްބާ ވަގަށް އެ ޓީމުން އެރީ. އެކަމަކު މަސްވެރިން ނުކުމެ އެމީހުން ބޭރުކޮށްލައިފި. މިހާރު ގޮސްފި،" އޭނާ ބުންޏެވެ.

މި ނޫހާ ވާހަކަ ދެއްކި މަސްވެރިޔާ ބުނީ މަސްވެރިންގެ މައްސަލައަކީ މިފްކޯއަށް ވިއްކި މަހަށް ފައިސާ ނުލިބުމެވެ. މަސް ގަތުމަށްފަހު ގިނަވެގެން ދެ ހަފުތާގެ ތެރޭގައި އިސާ ދިނުމަކީ ސަރުކާރުގެ ވައުދެކެވެ.

"ބާނާފައި ހުރި މަހަށް ފައިސާއެއް ނުލިބޭ. އަހަރުމެންނަށް އެބައިން ފަސް ބިލަށްވާ ފައިސާ ނުލިބި. އެއީ ގާތްގަނޑަށް އެންމެ ދޮޅު ލައްކަ ރުފިޔާ،" އޭނާ ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމު އިއްޔެ ވެސް ދެއްވަދޫއަށް އަރަން މަސައްކަތް ކުރި އެވެ. ނަމަވެސް މަސްވެރިން ބަނދަރުމައްޗަށް ނުކުމެ، ވަނީ އެމީހުން ހުއްޓުވައިފަ އެވެ. ހަމަ އެ ޓީމުން ގއ. ދާންދޫއަށް ވެސް އަރަން ބުރާސްފަތި ދުވަހު މަސައްކަތް ކުރި އެވެ. އެކަމަކު ދާންދޫއަށް ވެސް އެރިޔަ ނުދީ، މަސްވެރިން ވަނީ އެ ޓީމު ރަށުން ބޭރުކޮށްލައިފަ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫނުކުރާތީ މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުން، ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން އެއްފަހަރާ ހުރިހާ ފައިސާ ދޫކުރި އެވެ. މަސްވެރިންނަށް ސަރުކާރުން ދޭ ފައިސާތައް ލަސްވެގެން ދެ ހަފުތާ ތެރޭގައި ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން އޭރު ބުނި ނަމަވެސް، ފައިސާ ދޫނުކޮށް މިހާރު ދެ މަސްވަރު ވެފައިވާ ކަމަށް މަސްވެރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox