ސްރީ ލަންކާ އިން ކޯޗު މުތައިރީގެ ކޮންޓްރެކްޓް އާ ކުރަނީ

Sep 28, 2024, 1:36 AM
ސްރީ ލަންކާ އިން ކޯޗު މުތައިރީގެ ކޮންޓްރެކްޓް އާ ކުރަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 28) - ސްރީ ލަންކާ ފުޓްބޯޅަ ޓީމުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި ކުވެއިތުގެ އަބްދުﷲ އަލް މުތައިރީގެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާތައް ކުރިއަށްގެންދަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންކާއާ ހަވާލުވެހުރި، އިނގިރޭސި ކޯޗު އެންޑީ މޮރިސަން އަށް ދިމާވި އަނިޔާގެ މައްސަލައަކާ ހުރެ، އޭނާ ސާޖަރީއެއް ހަދަން ޖެހުމުން އޭނާ ވަނީ ބްރޭކެއް ނަގައިފަ އެވެ. އެ މުއްދަތާ ދިމާވީ، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފްގައި ލަންކާ އާއި ކެމްބޯޑިއާ މެޗު ތާވަލުކުރި ދުވަސްވަރަށެވެ. އެ ގޮތުން، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ދެ މެޗުގައި ރަނގަޅަށް ކުޅެ، މުތައިރީގެ ކޯޗު ކަމުގައި، ކެމްބޯޑިއާ އަތުން ލަންކާ މޮޅުވުމާ ގުޅިގެން، އޭނާއާ މެދު ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ތިބީ ހިތްހަމަޖެހިފަ އެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އަންނަ މަހުގެ ފީފާ ދުވަސްތަކުގައި މިޔަންމާއާ ދެކޮޅަށް ލަންކާ އިން ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ނަތީޖާ އަށް ބެލުމަށް ފަހު މުތައިރީ އަށް އާ ކޮންޓްރެކްޓެއް ދިނުމުގެ ކަންކަން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ފައިނަލް ކުރާނެ އެވެ.

މި މަހު ނެރުނު ފީފާގެ ރޭންކިންގައި ސާފް ސަރަހައްދުން އެންމެ ބޮޑު ކުރިއެެރުމެއް ހޯދީ ލަންކާ އެވެ. ފީފާ އިން މި މަހު ނެރުނު، ކޮކާކޯލާ ފުޓްބޯޅަ ރޭންކިންގައި، ލަންކާ އޮތީ ދުނިޔޭގެ 200 ވަނައިގަ އެވެ. މިއީ، މިދިޔަ މަހަށް ބަލާއިރު ފަސް ދަރަޖައިގެ ކުރިއެރުމެކެވެ.

މުތައިރީ އަކީ އޭޝިއާގެ ފުޓްބޯޅައިގައި ތަޖުރިބާ ހުރި ކޯޗެކެވެ. ކިރްގިސްތާންގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗުކޮށްދިން މުތައިރީ، ނޭޕާލް ކޯޗުކަން، 2022 ވަނަ އަހަރު ދޫކޮށްލުމަށް ފަހު، ދެން، މުތައިރީ ފެނުނީ އަފްގާނިސްތާންގެ ކޯޗުގެ މަގާމުންނެވެ. މިދިޔަ އަހަރު، އެކުވެރިކަމުގެ މެޗެއްގައި އަފްގާނިސްތާނުން ބަންގްލަދޭޝާ ކުޅެމުން، މުތައިރީ އާއި ބަންގްލަދޭޝްގެ ކޯޗިން ސްޓާފުންނާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އޭގެ ސަބަބުން، ފަހުން އަފްގާނިސްތާނުން ވަނީ މުތައިރީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox