މަސްވެރިން އިހުތިޖާޖުކޮށް ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުން ދާންދޫއިން ބޭރުކޮށްލައިފި

ފާއިސާ ނުދޭތީ ފިޝަރީޒް މިނިސްޓްރީގެ ވަފްދެއް ދާންދޫއަށް އަރަން މަސްވެރިން ފުރުސަތު ނުދިނުން

ފާއިސާ ނުދޭތީ ފިޝަރީޒް މިނިސްޓްރީގެ ވަފްދެއް ދާންދޫއަށް އަރަން މަސްވެރިން ފުރުސަތު ނުދިނުން

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ވަފުދެއް ގއ. ދާންދޫއަށް ދިޔުމުން، އެ ރަށުގެ މަސްވެރިން އިހުތިޖާޖުކޮށް މިނިސްޓްރީގެ އެ ޓީމު ރަށުން ފޮނުވާލައިފި އެވެ.

ދާންދޫއިން "އަދަދު" އާ ވާހަކަ ދެއްކި މަސްވެރިޔަކު ބުނީ މަސްވެރިންނަށް ދޭން ޖެހޭ އެތައް ލައްކަ ރުފިޔާއެއް ސަރުކާރުން ނުދީ އެބަހުރި ކަމަށާއި އެ ފައިސާ ނުދެނީސް މިނިސްޓްރީގެ އެއްވެސް ވަފުދެއް ރަށަށް އެރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"މަސްވެރިން ވަނީ އެ މީހުން ރަށަށް އަރުވަން ފުރުސަތު ނުދީ އަނބުރާ ފޮނުވާލާފައި. މަސްވެރިން ބުނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެބަހުއްޓޭ ލައްކައިން. އެ ފައިސާ ނުދީ މަސްވެރިން ކައިރިއަށް އަންނާނެ ކަމެއް ނެތޭ މަސްވެރިން ބުނީ،" އޭނާ ބުންޏެވެ.

ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދާ އެއްގޮތަށް ކިރާފައި ހުރި މަހަށްވާ ފައިސާ ދޫނުކޮށް ދިގުލައިގެންދާތީ މަސްވެރިން ކަންބޮޑުވާކަން ފާހަގަކޮށް އޭނާ ބުނީ މަސްވެރިން ތިބީ ދަރަނިވެރިވެފައި ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި އެ ވަފްދު ދާންދޫއަށް ދިޔައީ މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމަށެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫނުކުރާތީ މީގެ ކުރިން މަސްވެރިން މުޒާހަރާ ކުރުމުން، ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން އެއްފަހަރާ ހުރިހާ ފައިސާ ދޫކުރި އެވެ.

މަސްވެރިންނަށް ސަރުކާރުން ދޭ ފައިސާތައް ލަސްވެގެން ދެ ހަފްތާ ތެރޭގައި ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން އޭރު ބުނި ނަމަވެސް، ފައިސާ ދޫނުކޮށް މިހާރު ދެ މަސްވަރު ވެފައިވާ ކަމަށް މަސްވެރިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox