ވޭޕާ ގުޅޭ ކަންބޮޑުވުންތަކާ މެދު ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭއާއެކު އެޑިއުކޭޝަނުން މަޝްވަރާކޮށްފި

ވޭޕާ ގުޅޭ ކަންބޮޑުވުމަށް ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭއާއެކު އެޑިއުކޭޝަނުން އޮންލައިންކޮށް މަޝްވަރާ ކުރުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ވޭޕާ ގުޅޭ ކަންބޮޑުވުމަށް ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭއާއެކު އެޑިއުކޭޝަނުން އޮންލައިންކޮށް މަޝްވަރާ ކުރުން -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ވޭޕާ ގުޅޭ ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރަން އަތޮޅުތެރޭގެ ސްކޫލްތަކުގެ އިސްވެރިންނާއި ޕީޓީއޭއާއެކު މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

އެޑިއުކޭޝަނުން ބުނި ގޮތުގައި މިއަދު ބޭއްވީ ވޭޕް ކުރުމުގެ ނުރަނގަޅު އާދައާ މެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން އެ ނިސްޓްރީން އޮންލައިންކޮށް ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

ވޭޕުން ލިބޭ ގެއްލުމުގެ މައުލޫމާތު މިއަދުގެ ބައްދަލުވުމުގައި ސްކޫލްތަކުގެ ވެރިންނާއި ޕީޓީއޭ މެންބަރުންނަށް ދެއްވީ ޑރ.މުހައްމަދު އަލީ އެވެ.

Advertisement

ރާއްޖޭގައި ވޭޕް މަނާ ކުރަން ސިއްހަތާ ބެހޭ ޖަމިއްޔާއަކުން ގޮވާލާފައި އޮއްވައި، ދުންފަތުގެ ހުރިހާ ބާވަތްތަކެއް މަނާ ކުރަން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް ވަނީ ގޮވައިލައިފަ އެވެ.

ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން އުފައްދާފައިވާ އެންސީޑީ އެލަޔަންސްއިން ވެސް ވަނީ ވޭޕް މަނާކުރަން މީގެ ކުރިން ގޮވާލައިފަ އެވެ.

ސިނގިރޭޓުގެ ބަދަލުގައި ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި ވޭޕު އެތެެރެކުރި ކަމުގައިވި ނަމަވެސް ދިރާސާތަކުން އެއީ ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަމަށް ދައްކާ ކަމަށާއި އޭގައި ހިމެނޭ މެންތަލް އާއި ސިނަމަން ފަދަ ފްލޭވާތަކަކީ ޒުވާން ޖީލު މިކަމަށް ދެވިހިފުމަށް ބޭނުންކުރާ އުކުޅެއް ކަމަށް އެމްއެމްއޭގެ ނޫސްބަޔާނުގައިވެ އެވެ.

އަންނަ ޑިސެމްބަރުން ފެށިގެން ސިނގިރޭޓަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީއިން 2ރ. ބޮޑުކޮށް އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައިން އިމްޕޯޓް ޑިއުޓީ ނަގަމުންދާ ރޭޓު 200 ޕަސެންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox