ތަސައްވުރަކީ 2040 އަންނައިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައި އޮތް ގައުމަކަށް ހެދުން: ރައީސް

އދ. ގައި ރާއްޖެ މިއަދު ތަގުރީރު ކުރައްވަނީ: ވިދާޅުވީ ތަރައްގީވެފައި އޮތް ގައުމަކަށް ރާއްޖެ ހެދުމަކީ ބުރަ މަސައްކަތުން ހާސިލު ކުރެވޭނެ ނަތީޖާއެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އދ. ގައި ރާއްޖެ މިއަދު ތަގުރީރު ކުރައްވަނީ: ވިދާޅުވީ ތަރައްގީވެފައި އޮތް ގައުމަކަށް ރާއްޖެ ހެދުމަކީ ބުރަ މަސައްކަތުން ހާސިލު ކުރެވޭނެ ނަތީޖާއެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ތަސައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައި އޮތް ގައުމަކަށް ހެދުން ކަމަށް އދ. 79 ވަނަ އާންމު މަޖިލީހުގެ ބަހުސްގައި ތަގުރީރު ކުރައްވަމުން މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ދެއްވި ތަގުރީރުގައި ދިވެހިރާއްޖެއާމެދު އެމަނިކުފާނު ގެންގުޅުއްވާ ވިޝަން ހިއްސާ ކުރައްވަމުން ވިދާޅުވީ، 2040 އަންނަންވާއިރަށް ތަރައްގީވެފައި އޮތް ކަމަށް ރާއްޖެ ހެދުމަކީ ބޮޑު މަސައްކަތެއް ކަމަށް ހީވި ނަމަވެސް، ދަތި އުނދަގޫ ކިތަންމެ ކަމެއް ރާއްޖޭގެ ތާރީހުގައި ހާސިލުކޮށްފައިވާ ކަމަށެވެ.

"ދިވެހިރާއްޖެ ތަރައްގީވެފައި އޮތް ގައުމަކަށް ހެދުމަކީ ބުރަ، އުނދަގޫ އަދި ދުރު މުސްތަގުބަލެއްގައި ނޫނީ ނުވާނެ މަސައްކަތެއް ކަމަށް ހީވި ނަމަވެސް އަމާޒެއް ފެނި، ޕްލޭނެއް އޮތިއްޔާ އެއީ ހާސިލު ކުރެވޭނެ ނަތީޖާއެއް. ދަތިތަކުން އަރައިގަނެ، ކުރި ހޯދުމަކީ ދިވެހިންނަށް އާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

Advertisement

ރާއްޖެއަށް 1965 ވަނަ އަހަރު މިނިވަންކަން ލިބުނު އިރުގެ ހާލަތާއި މިވަގުތުގެ ހާލަތާ ހާސްބައި ތަފާތުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި މިޑްލް-އިންކަމް ފެންވަރުގެ ގައުމެއްގެ ދަރަޖަ ހާސިލުވެފައިވާތީ ރާއްޖެއިން ފަހުރުވެރިވާ ކަމަށެވެ.

"1965 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ. ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއް ބަޔަށް އެއިރު ލިޔަންކިޔާކަށް ނޭނގޭ. ކޮންމެ 10 ތުއްތު ކުއްޖަކުން އެއް ކުއްޖަކަށް ވުރެ ގިނައިން އޭނާގެ ފުރަތަމަ އުފަންދުވަހުގެ ކުރިން ދިޔައީ މަރުވަމުން. އެއިރުގައި އެއްވެސް އިންޑަސްޓްރީއެއް ނެތް، އެކްސްޕޯޓު ކުރަނީ މަދު އެތިކޮޅެއް އަދި ފައިސާ ލިބޭނެ އޮތީ މަދު ގޮތްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2040 އަންނަންވާއިރު ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ގައުމަކަށް ހެދުމަށް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

"[ބޭނުންވަނީ] ރާއްޖެއަކީ އެހެން ގައުމުތަކުގެ އިހްތިރާމް ލިބިފައިވާ، ރިލެވަންޓު، ދިމާވާ މައްސަލަތަކާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ ގައުމަކަށްވުމަށް. [ބޭނުންވަނީ] އިންސާފުވެރި އަދި އެންމެންގެ ބައިވެރިވުން ލިބޭ މުޖްތަމައެއް ބިނާ ކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހައުސިން މައްސަލަ އެއްކޮށް ހައްލުކޮށް، ޓުއަރިޒަމް ފުޅާކޮށް މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

އޭގެ އިތުރުން، އިޒްރޭލުން ގާޒާގައި ހިންގާ ނަސްލުހޭދު ކުރުން ކުށްވެރި ކުރައްވައި، އެކަން ހުއްޓުވުމުގެ މަސައްކަތް ދުނިޔެއިން ކުރަންޖެހޭނެ ކަމަށް ވެސް ރައީސްގެ ތަގުރީރުގައި މިރޭ ވިދާޅުވި އެވެ. އަދި ވިދާާޅުވީ އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުންދާ ކުށްތަކަށް ޖަވާބުދާރީކޮށް އެކަށީގެންވާ އަދަބު ދޭންޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox