އެމެރިކާސް ގޮޓް ޓެލެންޓްގެ ސީޒަން 19 ގައި މިއަދު ފަށާ ފިނާލޭ މީޑިއާނެޓުން ބަލާލެވޭނެ ކަމަށް ބުނެފި އެވެ.
މީޑިއާނެޓުން ބުނީ އެމެރިކާސް ގޮޓް ޓެލެންޓް އެމްޓީވީގެ ޗެނަލް 800 އަދި ޗެނަލް 500 އިން ފެންނާނެ ކަމަށެވެ.
އެމެރިކާސް ގޮޓް ޓެލެންޓްގެ ފައިނަލިސްޓުންގެ ގޮތުގައި 10 ބަޔަކު ތިބިއިރު އޭގެ ތެރޭގައި ގްރޫޕްތަކާއި އިންޑިވިޖުއަލީ ޕާފޯމްކުރާ މީހުން ވެސް ހިމެނެ އެވެ.
ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ 10 ބައިވެރިން:
- އެއާފުޓް ވޯކްސް - ޖަޕަނީސް އެއާ ޑާންސް ގްރޫޕެއް
- ބްރެންޓް ސްޓްރީޓް - ސިޑްނީއަށް ނިބަތްވާ ޑާންސް ގްރޫޕެއް
- ޑީ ޑީ ސިމޯން - ލަވަކިޔުންތެރިޔެއް
- ހަކޫނާ މަޓާޓާ އެކްރޮބެޓްސް - އެކްރޮބެޓްސް ގްރޫޕެއް
- ލާންމޯ ޖޮނާސީ - ކޮމީޑިއަން
- ރިޗާޑް ގުޑޯލް - ލަވަކިޔުންތެރިޔެއް
- ރޯނީ އަދި ރިދަމް - ޑޯގް އެކްޓް
- ސެބެސްޓިއަން އަދި ސޯނިއާ - އޭރިއަލް އެކްޓް
- ސްކައި އެނަލިސްޓް - ޑްރޯން އެކްޓް (ގޯލްޑެން ބަޒާ ވިނާ)
- ސޮލާންޖް ކާޑިނަލީ - މެޖީޝިއަން (ގޯލްޑެން ބަޒާ ވިނާ)
އެމެރިކާސް ގޮޓް ޓެލެންޓްގެ ނަތީޖާ ފާޅު ކުރުން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 26، ގަ އެވެ. އެ ދުވަހު ފިނާލޭއިން އެއްވަނަ ހޯދައި އެއް މިލިއަން ޑޮލަރުގެ ލިބޭނެ ޕާފޯމަރު އެނގޭނެ އެވެ.










