ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސްއަށް ފުލުހުން އެދެފި

އެ ފަސްގަނޑުގައި ހުއްޓައި ތަސްލީމު އެންމެފަހުން ފެނިފައި ވަނީ އޯގަސްޓު 30، ވީ ހުކުރު ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގައި ކަމަށް ފުލުހުން ބުނި -- ފޮޓޯ: އަދަދު

އެ ފަސްގަނޑުގައި ހުއްޓައި ތަސްލީމު އެންމެފަހުން ފެނިފައި ވަނީ އޯގަސްޓު 30، ވީ ހުކުރު ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގައި ކަމަށް ފުލުހުން ބުނި -- ފޮޓޯ: އަދަދު

މާލެ އަތޮޅު ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މއ. އަސަރީ ހަނދާން، މުހައްމަދު ތަސްލީމް 43އ. ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތަސްލީމް ހޯދުމަށްޓަކައި ފުލުހުންނާއި އެމްއެންޑީއެފްގެ ޑައިވް ޓީމުތަކުން އެ ފިނޮޅުގެ މޫދާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދު ހިމެނޭހެން ތިން ދުވަސް މަތިން ޖުމުލަ 943،998 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.

ތަސްލީމު ހޯދުމަށްޓަކައި އޭނާ އާއެކު ފިނޮޅަށް ދަތުރުދިޔަ މީހުންގެ އިތުރުން އެތަނަށް ދަތުރުދިޔަ އެހެން ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، ތަހުގީގު ބޭނުމަށް ތަސްލީމުގެ ފޯނާއި ލެޕްޓޮޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔުމަށް ތަސްލީމު އާއި އިތުރު ބަޔަކު ބޭނުން ކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކ. ހުވަފެންފުށީގެ ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް މިދިޔަ އޯގަސްޓު 29، ގެ ހަވީރު 5:00 ހާއިރު ތަސްލީމުއާ އެކު 25 މީހުންނާއި ދެ ކުޑަކުދިން ދަތުރު ދިޔަކަން ތަހުގީގަށް މިހައިތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ. އެމީހުން އެ ދަތުރު ދިޔައީ މީހެއްގެ އުފަންދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމެންޓު ޕާޓީއަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ދަތުރުގައި ތަސްލީމު ބައިވެރިވީ އެ ޕާޓީގެ ބެކްޑްރޮޕް ހަދައި ދިނުމާއި އެތަނުގެ ކަރަންޓުގެ ބައެއް މަސައްކަތްތައް ކޮށްދިނުމަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ދަތުރު ދިޔަ ދުވަހުގެ ރެ އާއި ތަސްލީމު ގެއްލުނު އޯގަސްޓު 30، ގެ ހެނދުނު ވެސް ތަސްލީމު އެ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަން ދަތުރުގެ ބައިވެރިން ނަގާފައި ހުރި ބައެއް ފޮޓޯތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ފަސްގަނޑުގައި ހުއްޓައި ތަސްލީމު އެންމެފަހުން ފެނިފައި ވަނީ އޯގަސްޓު 30، ވީ ހުކުރު ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ތަސްލީމު ގެއްލުނުކަން، ދަތުރުދިޔަ މީހުންނަށް ވެސް އެނގި އޭނާ ހޯދަން ފެށީ އެދުވަހުގެ ހެނދުނު މާލެއައި ލޯންޗެއްގައި އޭނާ މާލެއަށް ފޮނުވުމަށްޓަކައި، ހޯދާ ނުފެނުމުން، އިތުރު ލޯންޗެއްގައި ތަސްލީމު މާލެއަށް ދިޔަތޯ ބަލަން، އާއިލާއަށް ގުޅުމުން ކަމަށް ދަތުރުގެ ބައިވެރިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަސްލީމު ގެއްލުމުގެ ކުރިން އޭނާ މާލެ ދާން ބޭނުންވެގެން ދަތުރު ދިޔަ މީހުންގެ ގާތު އެ ވާހަކަ ދައްކާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތަސްލީމް ގެއްލުނު ހާދިސާއާ ގުޅިގެން ކުރަމުންދާ ތަހުގީގަށް ލިބެމުންދާ ކުރިއެރުން ތަސްލީމުގެ އާއިލާއާ ހިއްސާ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox