ސިނާ ބޮޑު މައްސަލަ އަކުން އެނބުރި އައިސް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

Sep 9, 2024, 2:28 AM
ސިނާ ބޮޑު މައްސަލަ އަކުން އެނބުރި އައިސް ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 9) - މަނާ ބޭހަށް ޕޮޒިޓިވްވި މައްސަލައެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު، އެނބުރި އައިސް އިޓަލީގެ ޖަނިކް ސިނާ، ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.

މި އަހަރުގެ މާޗް މަހު، ސިނާ ވަނީ މަނާބޭހަކަށް ދެ ފަހަރު ކުރި ޓެސްޓުން ވެސް ޕޮޒިޓިވް ވެފަ އެވެ. އެކަމަކު، މީގެ 19 ދުވަސް ކުރިން ސިނާގެ އެ ކަންކަން ބަލައި ނިންމިއިރު، އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަން ޔަގީންވުމުން، ކުޅުމުގެ ފުުރުސަތު ދިނީ އެވެ. ސިނާގެ މި މައްސަލަ ބެލިބެލުމުގައި އެނގިފައިވަނީ، މިއީ، ސިނާގެ ފިޒިއޯތެރަޕިސްޓް އޭނާ އަށް ދިން ބޭހެއްގައި ހިމެނުނު މާއްދާއެއް ކަމެވެ.

ސިނާ ސަސްޕެންޑްކުރަން ނިންމި ނަމަވެސް، އޭނާ އެ މައްސަލައިގައި އެޕީލްކޮށް، ކުޅުުމުގެ ފުރުސަތު ހޯދީ، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ފަހު ގޮތެއް ނިންމަންދެނެވެ. މައްސަލަ ބަލައި ނިންމިއިރު، ސިނާގެ ކުށެއް ނެތެވެ.

މި މައްސަލައިގެ ސަބަބުން ކުޅުމުގެ ފޯމަށް ގިނަ އަސަރުތަކެއް ކުރި ނަމަވެސް، އެނބުރި އައިސް އޭނާ މި ވަނީ އަހަރުގެ ފަހު، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ފުރަތަމަ ފަަހަރަށް ކާމިޔާބުކޮށްފަ އެވެ.

ފަނަރަ އަހަރު ތެރޭގައި ގްރޭންޑްސްލޭމް ފައިނަލެއްގައި ކުޅުނު ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާ، ޓޭލާ ފްރިޓްޒް އަތުން ސިނާ މޮޅުވީ، 6-3 6-4 7-5 އިންނެވެ.

ސިނާ އަކީ، 1977 ވަނަ އަހަރުގެ ގިލެރްމޭ ވިޔާސް އަށް ފަހު، އެއް ސީޒަނެއްގައި، ކެރިއަރުގެ ފުރަތަމަ ދެ ގްރޭންޑްސްލޭމް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ސިނާ މި ފަހަރު ވަނީ، އޮސްޓްރޭލިއަން އޯޕަން ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ސިނާ އަކީ، ޓެނިހުގެ ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox