ރާއްޖެއަށް އާންމުކޮށް އަންނަ އިންޑިއާ މީހަކު މަނީ ލޯންޑަރިންގެ ތުހުމަތުގައި ބަންދުކޮށްފި

ރާއްޖެއަށް އާންމުކޮށް އަންނަ އިންޑިއާ މީހަކު މަނީ ލޯންޑަރިންގެ ތުހުމަތުގައި ބަންދުކޮށްފި

ރާއްޖެ އާންމުކޮށް އައިސް ގޮސް އުޅޭ އިންޑިއާ ރައްޔިތެއް ކަމަށްވާ އަބްދުލް ރަގޫބު ނިސްތާރު ހަލީމް ރަހްމާން 27، މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރު ކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

އޭނާ ބަންދުކުރަން ބޭނުންވާ ވަރަށް ހެކި ފުލުހުން ހުށަހެޅިއިރު އޭނާ ބަންދުގައި ބަހައްޓަން އަމުރަކަށް ކޯޓުގައި އެ އިދާރާއިން އެދުނީ މުޖުތަމައުގެ ސަލާމަތަށް އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ އެވެ.

އެ މީހާ ބަންދުކުރީ ނިންމީ ޖިނާއީ ބޮޑު މައްސަލައަކަށް ތުހުމަތު ކުރެވުމުގެ އިތުރުން އޭނާ އަތުން ފެނުނު ފައިސާއަކީ ކޮން ފައިސާއެއްކަން ސާފުކޮށްދީފައި ނުވާތީ ކަމަށެވެ. އަދި އޭނާގެ ދަތުރުފަތުރުގެ ތާރީހަށް ބަލާއިރު ވެސް ޝައްކުވާ ފަދަ އަމަލުތަކެއް ހުރުމުންނެވެ.

ފުލުހުން ކޯޓަށް ދީފައިވާ ބަޔާނުގައި ވާގޮތުން އޭނާގެ އަތުން ވަނީ ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފެނިފަ އެވެ. އެއީ އެހެން މީހުން އޭނާ އާ ހަވާލުކޮށްފައިވާ ޑޮލަރުތައް ކަން އޭނާ އަތުން ފެނުނު ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ.

އަބްދުލް ރަގޫބު ވަރަށް ގިނައިން ރާއްޖެ އަންނަ ކަމަށާއި އަދި އެ އަންނަ ދުވަސް ނޫން ޖެހިގެން އަންނަ ދުވަހު ފުރާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި އޭނާގެ ނަންވެސް ޕާސްޕޯޓުން ބަދަލުކޮށްފައިވާކަން ބަޔާނުގައިވެ އެވެ.

އޭނާގެ ދިފާއީ ވަކީލު ކޯޓުގައި ބުނެފައިވަނީ އޭނާ ބަންދުކުރަން ކޯޓަށް ހާޒިރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 24 ގަޑިއިރު ފަހަނައެޅިފަހުން ކަމަށެވެ. އެހެންކަމުން އެއީ އޭނާގެ ހައްޔަރު އިޖުރާތުތައް ރަނގަޅު ނޫން ކަމަށް ދިފާއީ ވަކީލު ބުނެ އެވެ. ނަމަވެސް, ފުލުހުން މި ވާހަކަތައް ދޮގުކުރެ އެވެ.

ކޯޓުގައި ދިފާއީ ވަކީލު އެދިފައިވަނީ ހަރުކަށި ޝަރުތުތަކަށްފަހު އަބްދުލް ރަގޫބު ދޫކޮށްލުމަށެެވެ. އަދި އޭނާގެ މައްޗަށް މަނީ ލޯންޑަރިން ކުރުމުގެ ތުހުމަތުގައި އެއްވެސް ހެއްކެއް ފުލުހުން ހުށައަޅާފައި ނުވާ ކަމަށް ވަކީލު ކޯޓުގައި ބުނެފައިވެ އެވެ.

މީގެކުރިން ވެސް ގިނަ އަދަދެއްގެ ޑޮލަރުތަކަކާ އެކީ ރާއްޖެއިން ބޭރަށް ފުރަން އުޅުނު ބިދޭސީއެއް ވަނީ ހައްޔަރުކޮށްފަ އެވެ. އެފަހަރު އެމީހާ އަތުން ފެނިފައިވަނީ 81،030 ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox