ކަރުގައި ވަޅި ޖައްސައި ރަހީނުކޮށްގެން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށްފި

އަންހެނަކު ރަހީނުކޮށްގެން ގެންދަން އުޅުނު މީހާ ހައްޔަރުކުރި ސަރަހައްދު -- ފޮޓޯ: އަދަދު

އަންހެނަކު ރަހީނުކޮށްގެން ގެންދަން އުޅުނު މީހާ ހައްޔަރުކުރި ސަރަހައްދު -- ފޮޓޯ: އަދަދު

ރަހީނުކޮށްގެން މާލެ ގެއެއްގެ ތެރޭގައި އަންހެނަކު ގެންގުޅުމަށްފަހު، މަގުމައްޗަށް ނެރެ އޭނާގެ ކަރުގައި ވަޅިޖައްސާފައި ހުއްޓައި ފުލުހުން އެ އަންހެން މީހާ މިރޭ ސަލާމަތްކޮށްފި އެވެ.

އަންހެން މީހާ ރަހީނު ކުރި ފިރިހެން މީހާ މަސައްކަތް ކުރީ ސައިކަލެއްގައި އޭނާއާއެކު ފިލުމަށެވެ. ކަރުގައި ވަޅި ޖެއްސުމަށްފަހު ސައިކަލު ދުއްވަން އަންހެން މީހާއަށް މަޖުބޫރު ކުރުވި އެވެ. ނަމަވެސް ފުލުހުންގެ ޓީމަކުން އެ ސަރަހައްދަށް އެޓެންޑުވެ، ފިރިހެން މީހާގެ ބޮލުގައި ބެޓަނަކުން ޖެހުމަށްފަހު އަންހެން މީހާ ސަލާމަތް ކުރި އެވެ.

ރަހީނުކޮށްގެން ގެންގުޅުނު އަންހެން މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ. އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފިރިހެން މީހާއަށް ވެސް އަނިޔާވެފައިވާތީ އޭނާއަށް ވެސް ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ.

".... އެހެންކަމުން އަންހެން މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އަންހެން މީހާ ވަނީ އެ ފިރިހެން މީހާގެ ކިބައިން ސަލާމަތް ކޮށްފައި،" ފުލުހުން ބުންޏެވެ.

އެ ފިރިހެން މީހާ ވަނީ އަންހެން މީހާއަށް މަރާލާނެ ކަމަށް ބުނެ، އަންހެން މީހާ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް އިންޒާރުދީ ގެއަށް ވައްދާ އަނިޔާކޮށް، އެއަށްފަހު ގެއިން ނެރެގެން ސައިކަލަށް އަންހެން މީހާ އަރުވައިގެން ކަރުގައި ވަޅި ޖައްސައިގެން ދުއްވާފައި ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ ފިރިހެން މީހާ އަންހެން މީހާގެ ކިބައިން ސަލާމަތް ކުރީ މުގުރެއް ބޭނުންކޮށްގެން ފިރިހެން މީހާގެ ބޮލަށް ހަމަލާދީގެންނެވެ. އޭނާއަށް ލިބުނު އަނިޔާ ދަނެގަތުމަށް ދަނީ ޓެސްޓުތަކެއް ހަދަމުންނެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާގެ ބޮލަށް ލިބުނު އަނިޔާ ބެލުމަށް މިރޭ ސީޓީ ސްކޭނެއް ހައްދާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox