އިޒްރޭލާ ދެކޮޅަށް އަޑުފުލި ބަޔަކު ހައްޔަރު ކުރުމުން އަދާލަތާއި ސަރުކާރާ ދެމެދު ބޮޑު އަރައިރުމެއް

އަދާލަތުން ވަނީ ހައްޔަރު ކޮށްފައި ތިބި ދެ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ -- ފޮޓޯ: އަދަދު

އަދާލަތުން ވަނީ ހައްޔަރު ކޮށްފައި ތިބި ދެ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ -- ފޮޓޯ: އަދަދު

މާލޭގައި ހުންނަ އެމްބަސީތައް ދޮށުގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާ ކުރި މައްސަލައިގައި ދެ މީހުން ހައްޔަރު ކުރުމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އާއި އަދާލަތު ޕާޓީގެ އިސްވެރިންނާ ދެމެދު ބޮޑު އަރައިރުމެއް އުފެދިއްޖެ އެވެ.

މާލޭގައި ހުންނަ އެމްބަސީތައް ދޮށަށް ގޮސް އަޑު އުފުލާ މައްސަލައިގައި ކޯޓު އަމުރެއްގަ ދަށުން އިއްޔެ ފުލުހުން ހައްޔަރު ކުރީ މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ 47އ އާއި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޒުރާ އިބްރާހިމް 36އ އެވެ. އޭގެތެރެއިން ޝާދިޔާ އަކީ ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުލްލަތީފްގެ އަނބިކަނބަލުންނެވެ.

އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު، އަހުމަދު ޒާހިރު އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަކީ ކުށަކަށް ހަދައި އެފަދަ ފަރާތްތައް ރާއްޖޭގައި ހައްޔަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑު އުފުލަމުން ގެންދަނިކޮށް ހައްޔަރު ކުރި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒުގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ.ޝަޒްރާ ދޫކޮށްލުމަށް ގޮވާލަން،" ޒާހިރުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޒާހިރުގެ އެ ޕޯސްޓަށް ރައްދު ދެއްވައި މިހާރުގެ އިސްލާމިކް މިނިސްޓަރު، ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަނގަޅު ގޮތް ބުނެދޭން ތިބޭ މީހުން ހަގީގަތް އޮޅުވައިލުމަކީ އިސްލާމްދީނަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށެވެ.

"ސަފީރެއްގެ ގޭ އިން ފަހަނައަޅައި ގޭތެރެއަށް ކުނި އެޅުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން، މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިކަން ހިނގާނެ ގޮތެއް ނޫން." ޝަހީމް ވިދާޅުވެފައިވެ އެވެ.

އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ ދެމީހުން އިއްޔެ ހައްޔަރު ކުރީ ހައްޔަރު ކުރީ ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް އެއްވެ، އަޑުގަދަ ކުރާ ބޭނުން ކޮށްގެން ހަޅޭއްލެވުމާއި ބޭއަދަބީ ބަހުރުވައިން މުއާމަލާތް ކުރާތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަދި، ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރުމުގެ އިތުރުން ވަކި ސަފީރަކަށް އުނދަގޫ ކުރުމުގެ އަމަލުތަކެއް ހިންގަމުން ގެންދިޔުމާ ގުޅިގެން ސުލްހަވެރިކަމާއެކު އެ ސަރަހައްދުން ދިޔުމަށް ފުލުހުން ނަސޭހަތްތެރިވުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް އެމީހުން ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބަޔާނުގައި ހުރި ވާހަކަތައް ފާހަގަކޮށް މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓަށް ދެން ރައްދު ދެއްވީ ޑރ. އިޔާޒު އެވެ.

ޝަހީމްގެ ޕޯސްޓު ރީޕޯސްޓު ކުރައްވައި އިޔާޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އުފުލާ ވޭންތައް އެހެން ގޮތަކުން އެބަޔަކަށް އަޑު ނުއިވުނީމާ ލިޔެފައި ގެންގޮސް ގޭދޮށުގައި ބަހައްޓައިގެން ހަނދާން ކޮށްދިނުމަކީ ގޯސްކަމެއް ނޫން ކަމަށެވެ.

"މިއީ ހަނދާން ކޮށްދިނުމެއް، ހަނދާން ކޮށްދިނުމަކީ މުއުމިނުންނަށް ފައިދާ ކުރާނެ ކަމެއް، ބަޔަކު މީހުން އަބްދުﷲ ބިން އުބައްޔު ބިން ސަލޫލްގެ މަންހަޖު ފޮލޯ ނަމަވެސް އިހުލާސްތެރިކަމާއެކު ފަލަސްތީނުގެ މައްސަލައިގައި އަޑު އުފުލާނެ މީހުން މި ގައުމުގައި ތިބިކަން ހާމަކޮށްދޭން ޖެހޭ،" އިޔާޒުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޕާސްޕޯޓު މަނާ ކުރާނަމޭ ބުނެ ދޮގު ބަޔާންތައް ނެރެ މެޑަލް ޖެހުމާއި ހަމާސްގެ ލީޑަރު، އިސްމާއިލް ހަނިއްޔާގެ މައްޗަށް "ކުރާނެ ބަޔަކު ކަށު ނަމާދު ކުރާށޭ" ބުނުމަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގައިބަށް ކަށު ނަމާދު ކޮށްފީމޭ ބުނެ ދޮގުފަތުރަން އުޅުނީ އުބައްޔު ބިން ސަލޫލުގެ މަންޖަހަށް ތަބާވާ މީހުން ކަމަށެވެ.

"އެންމެ ދެ އަންހެނުން ގެއެއްގެ ކުރިމައްޗަށް ގޮސް ހިމޭން މުޒާހަރާ ކުރުމަކީ މީހަކަށް ބިރު ދެއްކުން ކަމަށް ބުނުމަކީ ތިޔަ ބޭފުޅުން ވަކި ބައެއްގެ އަޅުވެތި ސިހިފައިވާ މިންވަރު ދައްކުވައިދޭ ވަރުގަދަ ހެއްކެއް، ދުނިޔޭގައި މެޑެލް ޖަހަން އުޅުމަށްވުރެ އިހުލާސްތެރިކަން އިސްކޮށް އާހިރަތަށްޓަކައި މަސައްކަތް ކުރުން ބުއްދިވެރިވާނެ،" އިޔާޒު ވިދާޅުވެފައިވެ އެވެ.

އެ ދެމީހުން ހައްޔަރު ކުރުމާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ.

އިޒްރޭލާ ދެކޮޅަށް އަޑުއުފުލައިގެން ހައްޔަރު ކުރި ދެމީހުންނަކީ ފަލަސްތީނުގެ ހައްގުގައި މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންދިޔަ ދެ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox