އީދު މިސްކިތުގެ ކަރަންޓު ކޭބަލްތަކަކާއި ބޮކިތަކެއް ވަގަށް ނަގައިފި އެވެ.
އީދު މިސްކިތް ހުރީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އެއީ ވާރޭ ވެހޭ ދުވަސްވަރު، ހަރިންމަ ތެރޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި އެތަނުގެ ތަޅުންގަނޑު އުސްކުރުމަށެވެ.
ސިޓީ ކައުންސިލުން ބުނީ ރޭ އިރައިކޮޅު އެ މިސްކިތުން ވަގަށް ގެންގޮސްފައި ވަނީ އަށް ފަންކާއެއްގެ ކަރަންޓު ކޭބަލްތަކާއި 13 ބޮއްކެއް ކަމަށެވެ.
އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޕޮލިހަށް ހުށަހެޅި ވައްކަމުގެ މައްސަލަތައް

ޕޮލިހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ވައްކަމުގެ މައްސަލަ އެވެ. ޖުލައި މަހުގެ ނިޔަލަށް ވައްކަމުގެ 2300 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.
މި ދިޔަ އަހަރު ޕޮލިހަށް ހުށަހެޅި ވައްކަމުގެ މައްސަލަތަކުގެ ޖުމުލަ އަދަދަކީ 3819 އެވެ.













