ބޭންކުގެ މައްސަލައެއް ބެލޭނީ މަރުކަޒީ ބޭންކަށް، ޖިނާއީ ކަމަކަށް ހެދުން ހުތުރު: ޔާމީނު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ސަރުކާރުގެ ސިޔާސަތުތަކަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވޭ. ފައިލް ފޮޓޯ/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ސަރުކާރުގެ ސިޔާސަތުތަކަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވޭ. ފައިލް ފޮޓޯ/އަދަދު

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދަަން ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އާދީއްްތަ ދުވަހު ނިންމި ނިންމާ ގުޅޭ ގޮތުން ފުލުހުން ޖިނާއީ ތަހުގީގެއް ކުރުން ހުތުުރު ކަމަށާއި ބޭންކުގެ މައްސަލަ ބެލޭނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ނުރުުހުން ފާޅުކުރި ކުރުން އެއީ ބަގާވާތެއް ކަމަށް ތުހުމަތުކޮށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގެ އޯޑިއަންސްގައި އިންނަވައި، ފުލުހުންގެ އެ ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަަވަމުން ޔާމީނު ވިދާޅުވީ ފުލުހުން އެގޮތަށް ވާހަކަ ދެއްކުމަކީ ހުތުރު ކަމެއް ކަމަށެވެ.

"ފުލުހުން ދެ ފަހަރުން އެއްފަހަރު ބަޔާނެއް ނެރެފައި، ސަރުކާރެއް ގާނޫނާ ހިލާފަށް ނޫނީ، ގައިރުގާނޫނީ ކަންތައްތަކަކުން [ސަރުކާރު] ވައްޓައިލަން އުޅޭ [ވާހަކަ]، އެއްވާ ވާހަކަ ދެއްކުން މިއީ އައިބު ކަންތައްތައް، މިއީ އައިބު ހުތުރު ވާހަކަ،" ޔާމީނު ވިދާޅުވި އެވެ.

ސަރުކާރުން ފުލުހުން ލައްވައި އެކަހަލަ މަސައްކަތްތައް ނުކޮށް ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ އުޅުން ރަނގަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފުލުހުންގެ ބަޔާނުގައި ސިފަކުރަން އުޅެގައި އޮތީ އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި ސިޔާސީ މީހުން ބޭންކް ލައްވައި ކަމެއް ކުރުވަން އުޅުނު ކަމަށެވެ.

"މީގައި އަދި ރަނގަޅުވާނީ [ފުލުހުން ނެރުނު] އެ ބަޔާނުގައި ބުނި ނަމަ ، ބޭންކް އޮފް މޯލްޑިވްސްއަށް މި މަޝްވަރާ ދިނީ، ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓްކާޑުން މި ޑްރޯކުރާ، ޑޮލަރަށް މާރުކުރާ އެތި، އެކަން ވެސް ކުޑަކުރަން ބޭންކަށް މަޝްވަރާދިނީ ސިޔާސީ މީހުންނޭ،" ޔާމީނު ވިދާޅުވި އެވެ.

ފުލުހުން އެފަދަ ބަޔާނެއް ނެރެގެން އުޅޭ އިރު ހަގީގަތުގައި ހިނގައިގެން އުޅޭ ކަމަކަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޭންކުން ނިންމި ނިންމުމެކެވެ.

"މިއީ ބޭންކް އޮފް މޯލްޑިވްސްގެ ކަމެއް އިނގޭތޯ، މިކަހަލަ މައްސަލަ އެއް އުޅެންޏާ، މަރުކަޒީ ބޭންކު ހުންނާނެ މަރުކަޒީ ބޭންކަަށް ބެލޭނެ އިނގޭތޯ،" ޔާމީނު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އެކަން ބޮޑު ޖިނާއީ މައްސަލައަކަށް ހަދައިގެން ސަރުކާރުން އުޅޭތީ ފާޑުވިދާޅުވި އެވެ. ބޭންކްގެ އެ ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ހިޔާލުފާޅުކުރި މައްސަލަ ޖިނާއީ މައްސަލައަކަށް ހަދައިގެން ފުލުހުން އުޅޭތީ އެކަމާ ވެސް އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox