ޓީ20 ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަނީ

Aug 24, 2024, 4:39 AM
ޓީ20 ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަނީ

ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ކޮލިފަޔާ އޭ ގައި ވާދަކުރުމަށް، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު މެލޭޝިއާ އަށް ފުރައިފި އެވެ.

މެލޭޝިއާގައި ކުރިއަށްދާ ކޮލިފައިންގައި، ރާއްޖެ ހިމެނޭ ގޮތަށް ހަތް ގައުމެއް ވާދަކުރާނެ އެވެ. އެއީ، މެލޭޝިއާ، ކުވެއިތު، ހޮންގް ކޮންގް، މޮންގޯލިއާ، މިޔަންމާ އަދި ސިންގަޕޫރު އެވެ.

މި ހަތް ގައުމުގެ މެދުގައި، ކުޅޭ ލީގު ބުރަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ރީޖަނަލް ފައިނަލް ބުރަށް ހޮވޭނެ އެވެ. ރީޖަނަލް ފައިނަލުގައި، މުޅި އޭޝިއާ އިން ނުވަ ޓީމެއް ވާދަކުރާނީ، ޓީ20 ވޯލްޑް ކަޕުން އޭޝިއާ ލިބޭ ފަހު ދެ ޖާގަ އަށެެވެ.

މި ފަހަރުގެ ކޮލިފައިންގެ ކުރިން، ގައުމީ ކްރިކެޓް ޓީމުން މެލޭޝިއާގައި ތިން ވޯމްއަޕް މެޗެއް ކުޅޭނެ އެވެ. ކްރިކެޓް ބޯޑުން ބުނީ، މިއީ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމާއި މާހައުލަށް ހޭނުމުގެ ބޭނުމުގައި ކުޅޭ މެޗުތަކެއް ކަމަށެވެ.

ކޮލިފައިންގައި ރާއްޖޭގެ މެޗުތަކަށް ބަލާއިރު، މި މަހު 30 ގައި މެލޭޝިއާއާ ކުޅުމަށް ފަހު، 31 ގައި ބައްދަލުކުރާނީ، ސިންގަޕޫރާއާ އެވެ. އޭގެ ފަހުން، ސެޕްޓެމްބަރު ދެ ވަނަ ދުވަހު، ކުވެެއިތާ ކުޅުމަށް ފަހު، ސެޕްޓެމްބަރު ތިން ވަނަ ދުވަހު ހޮންގް ކޮންގްއާ ބައްދަލުކުރާނެ އެވެ. އަދި ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު މިޔަންމާއާ ކުޅުމަށް ފަހު، ކޮލިފައިން މި ބުރުގެ ފަހު މެޗުގައި، ރާއްޖޭން ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު ކުޅޭނީ މޮންގޯލިއާއާ އެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކީ، ސްރީ ލަންކާގެ ޕަސިންދު ލިޔަނާރަޗީ އެވެ. މެނޭޖަރަކީ، އަލީ މުހައްމަދު މަނިކް އެވެ.

ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ސްކޮޑު:

ޔޫސުފް އަޒްޔާން (ކެޕްޓަން)

އާދަމް ނާސިފް އުމަރު (ވައިސް ކެޕްޓަން)

އާޒިން މުހައްމަދު

މަބްސަރު އަބްދުﷲ

މުހައްމަދު އައްޒާމް

އިސްމާއިލް އަލީ

މުހައްމަދު ރިޝްވާން

އިބްރާހިމް ރިޒާން

ލީމް ޝަފީގް

އަލީ ޝުނާން

ހަސަން އިބްރާހިމް

މުހައްމަދު މިއުވާން

މުހައްމަދު ޝިޔާމް

ޕިޔަލް ކުމާރު

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox