ޓެކުހަށް މަކަރު ހެދުމާއި މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި އަލީ ލަތީފުގެ މައްޗަށް ތަހުގީގު ހިންގަނީ

އައިޖީއެމްއެޗްގެ ކުރީގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަން ޑރ. އަލީ އަބްދުﷲ ލަތީފު: އޭނާގެ މައްޗަށް މަނީ ލޯންޑަރިންނާއި ޓެކުހަށް މަކަރުހެދުމުގެ ތުހުމަތު ވަނީ ކޮށްފަ -- ފޮޓޯ: ފައިލް

އައިޖީއެމްއެޗްގެ ކުރީގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަން ޑރ. އަލީ އަބްދުﷲ ލަތީފު: އޭނާގެ މައްޗަށް މަނީ ލޯންޑަރިންނާއި ޓެކުހަށް މަކަރުހެދުމުގެ ތުހުމަތު ވަނީ ކޮށްފަ -- ފޮޓޯ: ފައިލް

އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ކުރީގެ ޗެއާމަން ޑރ. އަލީ އަބްދުﷲ ލަތީފާއީ އޭނާގެ މަސްލަހަތު އޮންނަ އާރުއެމްއެލްއެސް ލެބް ސާވިސަސްގެ މައްޗަށް ޓެކުހަށް މަކަރު ހެދުމާއި މަނީ ލޯންޑާ ކުރިކަމުގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ފުލުހުންނާއި މީރާއަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.

ލަތީފުގެ އިތުރުން އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިން މައްޗަށްވެސް ދައުވާ ކުރުމަށް އޭސީސީން ފޮނުވި އެވެ.

މި މައްސަލާގައި އޭސީސީން ނޫސްތަކަށް ދިން މައުލޫމާތުގައި ބުނީ ލަތީފު އަދި އޭނާގެ ކުންފުނިން ޓެކުހަށް މަކަރުހަދާ މަނީ ލޯންޑާ ކޮށްފައިވާކަމަށް ތަހުގީގީ ހޯދުންތައްކުން ތުހުމަތު ކުރެވޭ ކަމަށެވެ. އެ ކޮމިޝަނުން މިހާރު ވަނީ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް، އަދި ޓެކުހަށް މަކަރު ހެދި މައްސަލަ ބަލަން މީރާއަށް ފޮނުވާފަ އެވެ.

ލަތީފަކީ އައިޖީއެމްއެޗުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަންގެ އިތުރުން، މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

މަނީ ލޯންޑަރިންނާއި ޓެކުހުގެ މައްސަލަ ފެންމަތިވީ އޭސީސީން ލަތީފު ހިމެނޭހެން އޭސީސީން ތަހުގީގުކުރި ކޮރަޕްޝަނުގެ މައްސަލައެއްގެ ތެރެއިންނެވެ.

އެގޮތުން މުޅި ދުނިޔޭގައި 2020 ވަނަ އަހަރު ފެތުރެން ފެށި ކޮވިޑް-19 ގެ ދުވަސްވަރު ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މި މައްސަލާގައި ލަތީފުގެ އިތުރުން އައިޖީއެމްއެޗްގެ ކުރީގެ ދެ އިސްވެރިއަކަށް ދައުވާކުރަން އޭސީސީން މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ދެން ދައުވާކުރަނީ އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިންގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ކުރަން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox