މީޑިއާނެޓުން އަގުހުރި އިނާމު ތަކަކާއެކު "އަޕްގްރޭޑް އެންޑް ވިން" ގެ ނަމުގައި ތިން ނަސީބުވެރިން ހޮވާ ހާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފި އެވެ.
މީޑިއާނެޓުގެ ހިދުމަތް ބޭނުންކުރާ ހުރިހާ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ބައިވެރިވެވޭ އެ ޕްރޮމޯޝަން ކުރިއަށްދާނީ ސެޕްޓެމްބަރު، 30 ގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
"މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓު ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ނުވަތަ އެންމެ ފަހުން އެކްޓިވްކޮށް ގެންގުޅުއްވި ޕެކޭޖަށްވުރެން ބޮޑު ކޮންމެ ޕެކޭޖެއް ބައްލަވައިގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ،" މީޑިއާ ނެޓުން ބުންޏެވެ.
ތިން ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތައް:
- 65 އިންޗި ސްމާޓް ޓީވީ
- އެޕަލް އެއާޕޮޑްސް 2 ވަނަ ޖެނެރޭޝަން
- ގޫގުލް ކްރޯމްކާސްޓް

މީޑިއާނެޓުން ކުރިއަށް ގެންދާ ޕްރޮމޯޝަންއާ ގުޅޭ އިސްތިހާރެއް
ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގަ އެވެ.
އޯގަސްޓް މަހު މީޑިއާނެޓުގެ ޗެނަލްތަކުން ތަފާތު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ފޯރިގަދަ މެޗުތަކާއި އެހެނިހެން ކޮންޓެންޓް ފެނިގެންދާނެ މަހެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން މީޑިއާނެޓުން ބުނީ މި މަހު ދިވެހިންގެ މެދުގައި އެންމެ ފޯރިގަދަ ލީގު, އިންގްލިޝް ޕްރިމިއާ ލީގު ފެށިގެން ކުރިއަށްދާ ކަމަށައި ލީގުގެ ހުރިހާ މެޗެއް ވެސް މީޑިއާނެޓްގެ ޗެނަލްތައް މެދުވެރިކޮށް ވަގުތުން ބެލޭނެ ކަމަށެވެ.
ޕެކޭޖު ނަގަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު މީޑިއާނެޓުގެ "ކުއިކް ޕޭ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެކޭޖަށް ފައިސާ ދެއްކެ އެވެ.










