މިލާންގެ ދެ ޓީމަށް ވެސް އާ ސީޒަން ފަށަން ޖެހުނީ ޕޮއިންޓަކުން

Aug 18, 2024, 5:00 AM
މިލާންގެ ދެ ޓީމަށް ވެސް އާ ސީޒަން ފަށަން ޖެހުނީ ޕޮއިންޓަކުން

މިލާން (އޮގަސްޓް 18) - އިޓާލިއަން ލީގުގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނާއި ދެ ވަނަ ހޯދި އޭސީ މިލާނުން ކުޅުނު ފުރަތަމަ މެޗުތަކުން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެެވެ.

އިންޓަ އިން ޖެނޯއާ ދަނޑުގައި 2-2 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ކުޅުނު މިލާނުން ވަނީ ފަހަތުން އަރައި ޓޮރިނޯއާ 2-2 އިން އެއްވަރުކޮށްފަ އެވެ.

ޖެނޯއާގެ އަލެސަންޑްރޯ ވޮގްލިއާކޯ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ ލީޑުނަގައިދީފަ އެވެ. އެހެން ނަމަވެސް، އެ ޓީމަަށް ކުރީގައި އޮވެވުނީ 10 މިނިޓެވެ. މެޗުގެ 30 ވަނަ މިނިޓްގައި މާކަސް ތުރާމް ވަނީ ލަނޑެއް ޖަހައި އިންޓަ އަށް އެއްވަރުކޮށްދީފަ އެވެ.

ތުރާމް ވަނީ މެޗުގެ 80 ވަނަ މިނިޓްގައި އިތުރު ގޯލެއް ޖަހައި، އިންޓަ އަށް އާ ސީޒަނުގެ ފުރަތަމަ މެޗުން މޮޅެއް ހޯދައިދޭން އުންމީދެއް ދީފަ އެވެ. އެކަމަކު، ޖެނޯއާ އިން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. ޖެނޯއާގެ ޖޫނިއާ މެސިއަސް ވަނީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލަނޑު ޖަހައި، އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

ޓޮރިނޯ އިން ރޭ މިލާން ދަނޑުގައި 88 ވަނަ މިނިޓާ ހަމައަށް އޮތީ 2-0 އިން ކުރީގަ އެވެ. އެއީ، މަލިކް ތިއޯ އަތުން ބައިކޮޅަށް ވަން ގޯލާއި ޑުވާން ޒަޕާޓާ ޖެހި ލަނޑުންނެވެ. މިލާނަށް އުންމީދެއް ހޯދައިދިނީ، އެ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ރަސްމީ މެޗެއް ކުޅުނު އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ. އަދި އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ނޯއާ އޮކާފޯ ވަނީ ގޯލެއް ޖަހައި މިލާނަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.

ލީގުގައި ރޭ ޕާމާ އާއި ފިއޮރެންޓީނާ ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މިއީ، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، އަލުން އިޓާލިއަން ލީގަށް އައިސް، ޕާމާ އިން ކުޅުނު ފުރަތަމަ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox