އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އައިޖީއެމްއެޗުގެ ނަރުހަކާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ފުލުހުން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އައިޖީއެމްއެޗުން ކަމަށް ފުލުހުން ބުންޏެވެ.
"އައިޖީއެމްއެޗުން ހުށަހަޅައިގެން އެ ހޮސްޕިޓަލުގެ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.













