ސަންޗޭޒް 18 އަހަރަށް ފަހު އަލުން އުދިނޭޒީ އަށް

Aug 12, 2024, 2:20 AM
ސަންޗޭޒް 18 އަހަރަށް ފަހު އަލުން އުދިނޭޒީ އަށް

މިލާން (އޮގަސްޓް 12) - ޗިލީގެ ތަޖުރިބާކާރު ފޯވާޑް، އަލެކްސިސް ސަންޗޭޒް 18 އަހަރަށް ފަހު ކުރިން އޭނާ ކުޅުނު އިޓަލީގެ އުދިނޭޒީ އަށް ބަދަލުވެއްޖެ އެެވެ.

ސަންޗޭޒް، ޗިލީގެ ކޮބްރެލޯއާ އަށް ކުޅުމަށް ފަހު، ޔޫރަޕަށް އައިސް ފުރަތަމަ ކުޅެފައިވަނީ އުދިނޭޒީ އަށެވެ. އެ ގޮތުން، ސަންޗޭޒް، 35، އުދިނޭޒީ އަށް ކުޅެފައިވަނީ 2006-2011 އަށެވެ. އޭނާ 18 އަހަރަށް ފަހު، އަލުން އެ ޓީމަށް ބަދަލުވެ، ސޮއިކޮށްފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

އެ ފަަހަރު އޭނާ ވަނީ އުދިނޭޒީ އަށް 112 މެޗުން ސަންޗޭޒް ވަނީ 21 ގޯލު ޖަހައިފަ އެވެ.

މިިދިޔަ ސީޒަނުގައި ސަންޗޭޒް ކުޅެފައިވަނީ އިންޓަ މިލާނަށެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް ސަންޗޭޒާއި އިންޓަ އިން ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތުވަނީ ހަމަވެފަ އެވެ.

ސަންޗޭޒް، އުދިނޭޒީ އަށް ކުޅުނު މެޗެއްގެ ތެރެއިން.

އުދިނޭޒީ ދޫކޮށް، ސަންޗޭޒް ބަދަލުވެފައިވަނީ، 2011 ވަނަ އަހަރު ބާސެލޯނާ އަށެވެ. އެ ގޮތުން، 2011 އިން 2014 އަށް އެ ޓީމަށް ކުޅުމަށް ފަހު، ދެން ގުޅުނީ އާސެނަލާ އެވެ. އާސެނަލަށް 166 މެޗުން 80 ގޯލު ޖަހައިދިން ސަންޗޭޒް ވަނީ 2018 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފަ އެވެ. އެ ޓީމަށް 45 މެޗުން ޖަހައިދިނީ ފަސް ގޯލެވެ.

ޔުނައިޓެޑް ދޫކޮށް، 2019 ވަނަ އަހަރު އިންޓަ މިލާނަށް ލޯނަކަށް ބަދަލުވި ސަންޗޭޒް ފަހުން އެ ޓީމުގެ އެއްބަސްވުން ދާއިމީ ކުރި އެެވެ. އިންޓައާ އެކު އޮތް އެއްބަސްވުން 2022 ވަނަ އަހަރު ބާތިލް ކުރުމުން، އެއް ސީޒަނުގައި ފްރާންސްގެ މާސޭ އަށް ކުޅުނެވެ. އެކަމަކު، މިދިޔަ ސީޒަނުގައި އަލުން އިންޓައާ ގުޅި، އެ ޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިދޭން އެހީވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox