ބުރާސްފަތި ދުވަހު ފަށާ މި އަހަރުގެ ލިވިން އެކްސްޕޯގެ ފައިނޭންޝަލް ޕާޓްނަރު، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ސްޓޯލްއަށް ޒިޔާރަތްކޮށް، ހައުސިން ލޯނަށް ޝަރުތު ހަމަވޭތޯ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަލައިލެވޭނެ އެވެ.
ލިވިން އެކްސްޕޯ ކުރިއަށް ދާނީ އޯގަސްޓު 8-10 އަށެވެ. މި އެކްސްޕޯގެ އެޗްޑީއެފްސީގެ ސްޓޯލުން އިސްލާމިކް ފައިނޭންސިން އަދި ކޮވެންޝަނަލް ފައިނޭންސިންގެ ފެސިލިޓީތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ.
"އެޕާޓްމަންޓް ގަތުމަށާއި، ގެދޮރު އިމާރަތް ކުރުމުގެ އިތުރުން ގެދޮރު މަރާމާތު ކުރުމަށް ދޫކުރާ ފެސިލިޓީތަކުގެ ތަފްސީލްވެސް ސްޓޯލަށް ޒިޔާރަތްކުރާ ފަރަތްތަކަށް ލިބިގެންދާނެ. މި ފެސިލިޓީތަކަށް އެޕްލައި ކުރުމަށް ކުރަންޖެހޭ ކަންކަމާއި ބޭނުންވާނެ ލިޔެކިޔުންތަކާއި ބެހޭ މައުލޫމާތުވެސް ސްޓޯލްއިން ލިބޭނެ،" އެޗްޑީއެފްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ލިވިން އެކްސްޕޯ ފާހަގަވެފައިވަނީ ދިވެހިންގެ މެދުގައި މަގްބޫލް އެކްސްޕޯއެއްގެ ގޮތުގަ އެވެ. އެ އެކްސްޕޯގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް ހިދުމަތެއްގެ މައުލޫމާތު ހޯދައި، މުދާ ތަޖުރިބާ ތަކުރިބާ ކުރެވޭނެ އެވެ.
މި އަހަރު ވެސް އެކްސްޕޯޓު ބާއްވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.











