ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އަތުން ފައިސާ ނަގާތީ ޝަކުވާ ބޮޑުވެއްޖެ

ވިލިމާލޭގައި ބެލެނިވެރިޔަކު ކުއްޖަކު ސްކޫލަށް ލާން ދަނީ: ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އަތުން ފައިސާ ނަގާތީ ޝަކުވާ ބޮޑުވުން -- ފޮޓޯ: އަދަދު ފައިލް

ވިލިމާލޭގައި ބެލެނިވެރިޔަކު ކުއްޖަކު ސްކޫލަށް ލާން ދަނީ: ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އަތުން ފައިސާ ނަގާތީ ޝަކުވާ ބޮޑުވުން -- ފޮޓޯ: އަދަދު ފައިލް

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީން މަޝްރޫއެއް ފަށާފައި ވަނިކޮށް، ސްކޫލްތައް އޭސީ ކުރަން ބެލެނިވެރިން އަތުން ފައިސާ ނަގާކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ބައެއް ސްކޫލްތަކުން އަންނަނީ ބެލެނިވެރިންނަށް ވަކިން ގުޅައި، އޭސީ ހަރުކުރުމަށް ބޭނުންވާ ފައިސާ ހޯދަމުންނެވެ.

ސަރުކާރުގެ ސްކޫލްތައް އޭސީކުރަން ނިންމީ ޖަމާލުއްދީން ސްކޫލްގެ ކްލާސް ރޫމްތަކަށް މާ ބޮޑަށް ހޫނުވާތީ ފަންކާ ގަންނަން ބެލެނިވެރިންނަށް ސްކޫލުން މެސެޖު ކުރަން ފެށި މައްސަލަ ބޮޑުވުމާއެކުގަ އެވެ.

އެކަމުގެ ޝަކުވާ ލިބެމުންދާ ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "އަދަދު" އަށް ވިދާޅުވީ އެއްވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އެކަމާ ގުޅިގެން ސްކޫލްތަކަށް އިރުޝާދެއް ދޭނެ ކަމަށާއި މިހާރު މަޝްވަރާ ކުރެވެމުންދަނީ އިރުޝާދު ދޭނެ ގޮތަކާމެދު ކަމަށެވެ.

ނަމަވެސް ކޮންޓްރިބުއުޝަންއަކީ ވަކި ނިޒާމެއްގެ ތެރެއިން ވަކި ގޮތަކަށް ފަހި މާހައުލެއްގައި ކުރެވޭނެ ކަމެއްކަން ފާހަގަކުރައްވާ ޑރ. ޝަފީއު ވިދާޅުވީ އެކަން އެއްކޮށް ނައްތާލައިފިނަމަ، ސްކޫލުގެ އެއް ކޯ ރިލޭޓް ގެއްލިގެންދާނެ ކަމަށެވެ.

"ސްކޫލެއްގެ ކުރިއެރުމަށް އަދި ދަރިވަރުންގެ ކުރިއެރުމަށް ކޮންޓްރިބިއުޓްކުރަން ޕޭރެންޓަކު ހުރެއްޖެނަމަ އެއަށް ހުރަހެއްއަޅާކަށް ނެތިން. އެކަމަކު ސްކޫލްތަކުން ވިސްނަންވާނެ އަގުބޮޑެތި އެއްޗެހިތައް ހޯދުމުގައި ވަކި ގޮތެއް ނެތް ކަމުގައިވަނީ ނަމަ ބެލެނިވެރިންނަށް ވަރަށް އުނދަގޫ އައިސްދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭސީތަކަށް ދޭ ކަރަންޓުގެ 30 ޕަސެންޓު ކަރަންޓަކީ ސޯލާ ޕެނަލް ފަދަ ރިނިއުބަލް އެނާޖީ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހަދައި، މަދުވެގެން ދެ އަހަރު ތެރޭގައި ސަރުކާރު ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީކޮށް ނިންމާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ލަފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox