އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވިއިރު ޒުލްފާ ވަކި ކުރިކަން އެލްޖީއޭގެ ރައީސް އާދަމް ޝަރީފަށް ވެސް ނޭނގޭ

އެލްޖީއޭއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެލްޖީއޭ

އެލްޖީއޭއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުން ޑރ. މަރިޔަމް ޒުލްފާ ވަކި ކުރިކަން ލޯކަލް ގަވަމަންޓް މިނިސްޓްރު އަދި އެލްޖީއޭގެ ރައީސް އާދަމް ޝަރީފްއަށް ނޭނގޭ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ ބަދަލުކުރީ މިއަދެވެ. އެކަން މި ނޫހަށް ޒުލްފާ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

އާދަމް ޝަރީފް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޒުލްފާ ވަކި ކުރިކަން މިހާތަނަށް ވެސް އަންގާފައި ނުވާ ކަމަށާއި މިއަދު އުޅުއްވީ އެކި މީޓިންތަކުގައި ވަރަށް އަވަދިނެތިކޮށް ކަމަށެވެ.

Advertisement

"އަޅުގަނޑަށް އަންގާކަށް ނުޖެހޭނެ ވަކިކުރިއްޔާ. އަޅުގަނޑު ޖެހޭނީ ތިކަން ބަލާލަން. އަޅުގަނޑަށް އެނގިފައެއް ނެތް ވަކި ކުރި ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެލްޖީއޭގެ އަހަރީ ދުވަހާއި ގުޅިގެން އާދަމް ޝަރީފް ވަނީ މިއަދު "އެކްސް" ގައި ޒުލްފާ ޓެގް ކުރައްވައި ދުވަހުގެ ތަހުނިޔާ ވެސް ވިދާޅުވެފަ އެވެ.

އެ ޓުވީޓަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ޒުލްފާ މަގާމުން ވަކިކުރި ކަން އާދަމް ޝަރީފްއަށް ނޭނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބައެއް މީީހުން ދަނީ ބުނަމުންނެވެ.

ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު އައްޔަންކުރެއްވީ ކުރީ ސަރުކާރުގައި އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ.

އެލްޖީއޭގެ ބޯޑުގައި ރައީސް އާދަމް ޝަރީފްގެ އިތުރުން ދެން ތިއްބަވަނީ އަށް މެންބަރުންނެވެ. އެގޮތުން އެލްޖީއޭ ހިންގުމުގެ މަސްއޫލިއްޔަތު ޒުލްފާއަށް އޮންނެވިއިރު، އޭނާ މަގާމުން ވަކިކުރިއިރު އާދަމް ޝަރީފްއަށް ނޭނގި އޮތުމުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox