ސްލޮޓް އަށް ލިވަޕޫލްގެ ވަޒީފާ ފަސޭހަވާނެ: ޓެން ހާގް

Aug 4, 2024, 10:15 AM
ސްލޮޓް އަށް ލިވަޕޫލްގެ ވަޒީފާ ފަސޭހަވާނެ: ޓެން ހާގް

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 4) - ލިވަޕޫލާ ހަވާލުވި ނެދަލެންޑްސްގެ ކޯޗު އާނޭ ސްލޮޓް އަށް އެ ކްލަބްގެ ވަޒީފާ ނިސްބަތުން ފަސޭހަވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ނެދަލެންޑްސް ކޯޗު، އެރިކް ޓެން ހާގް ބުނެފި އެވެ.

ލިވަޕޫލުން ރޭ އެމެރިކާ ޓުއާގެ މެޗުތައް ނިންމާލީ، މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 3-0 އިން ކުރިހޯދައިގެންނެވެ. އެމެރިކާ ޓުއާގައި ލިވަޕޫލް ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު، އާ ކޯޗު ސްލޮޓް ބޭނުންވާ ގޮތަށް ކުޅުން ބަދަލުވަމުން އަންނަ ކަމުގެ ކަންކަން ވެސް ފާހަގަވެފައިވެ އެވެ.

ރޭގެ މެޗަށް ފަހު، ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުނީ، ސްލޮޓް އަށް ލިވަޕޫލްގެ ކޯޗުކަން ކުރަން ފަސޭހަވުމުގެ ސަބަބުތައް ގިނަ ކަމަށެވެ.

"ވަރަށް ރަނގަޅު ސްޓްރަކްޗާއެއް އޮތް ކްލަބެއް (ލިވަޕޫލް) އެއީ. ކުޅުންތެރިން ވެސް ވަރަށް ހުނަރުވެރި، އަނެއްކޮޅުން ކްލޮޕް (ލިވަޕޫލްގެ ކުރީގެ ކޯޗު) ކުޅުވި ފުޓްބޯޅަ ވެސް ވަރަށް ރަނގަޅު. އަހަންނަށް ޔަގީން މި ހުރިހާ ފަސޭހައަކާ އެކު، އާނޭ (ސްލޮޓް) އަށް މީގެ އަށް އިތުރު ފުރިހަމަ ކަމެއް ގެނެވޭނެކަން،" ޓެން ހާގް ބުންޏެވެ.

ކްލޮޕް، ލިވަޕޫލްގައި ގެންގުޅުނު ފިލޯސަފީގެ ކަންކަމާއި ސްލޮޓްގެ ވިސްނުމުގައި ހުރި ކަންކަން އެކުއެކީގައި ރަނގަޅު މިސްރާބަކަށް ގެންދެވޭނަމަ، ލިވަޕޫލަށް ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

ސްލޮޓް އާއި ޓެން ހާގް ވަނީ ނެދަލެންޑްސް ފުޓްބޯޅައިގައި ހަތަރު ފަހަރު ބައްދަލުކޮށްފަ އެވެ. ފުރަތަމަ ދެ މެޗުން، ސްލޮޓް ކޯޗުކޮށްދިން، އޭޒެޑް އަލްކްމާރް މޮޅުވިއިރު، ދެން ކުޅުނު ދެ މެޗުން ޓެން ހާގްގެ އަޔަކްސް ވަނީ ކުރިހޯދައިފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ޓެން ހާގްގެ ޔުނައިޓެޑުން، ދެ ކުޅުންތެރިއަކުގެ ސޮއި ހޯދާފައިވާއިރު، އެ ޓީމުން އަންނަނީ އިތުރު ޓްރާންސްފާތަކެއް ފުރިހަމަކުރަން މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން، ސްލޮޓްގެ ލިވަޕޫލަކީ ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ސީޒަނުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން ކުޅުންތެރިއަކު ސޮއިނުކޮށް އޮތް ހަމައެކަނި ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox