ކުރިން އުވާލައިފައި އޮތް މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލައިފި

ތިނަދޫގައި ބިނާކޮށްފަ ހުރި މިސްކިތެއް --- ފޮޓޯ:މުހައްމަދު ޝާބިން

ތިނަދޫގައި ބިނާކޮށްފަ ހުރި މިސްކިތެއް --- ފޮޓޯ:މުހައްމަދު ޝާބިން

ކުރިން އުވާލައިފައި އޮތް މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލިސް އަލުންއެކުލަވާލައި އެ މަޖިލީހުގެ ގަވާއިދު އިއުލާނުކޮށްފި އެވެ.

ގެޒެޓުގައިވާ ގޮތުގައި މި މަޖިލީސް އަލުން އެކުލަވައިލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މިސްކިތްތަކާއި އިމާމުންނާއި އަދި މުދިމުންނަށް ބޭނުންވާ ކަންކަމުގައި މިނިސްޓަރަށް އިސްތިޝާރީ ލަފާ އެރުވުމާއި މިސްްކިތްތަކާއި އަޅުކަމާ ގުޅުންހުރި ކަންތައްތައް ދީނީގޮތުން އެއް މިންގަނޑެއްގައި ހިފަހައްޓުމެވެ.

އޭގެ އިތުރުން މިސްކިތްތަކުގެ ހާލަތު ރަގަޅަށް މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ވެސް މި މަޖިލިސް އެކުލަވާލުމުގެ މަގުސަދެއް ކަމަށް އެ ގަވާއިދުގައި ވެ އެވެ.

މިސްކިތަކާއި ބެހޭ ގައުމީ މަޖިލިސް އެކުލަވާލަނީ އިސްލާމިކް މިނިސްޓަރެވެ. އަދި މަޖިލީހުގައި ތިއްބަވާ މެންބަރުން ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.

ގައުމީ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައުޒަމަށް ރައީސް އައްޔަނުކުރައްވާ އިސް އިމާމް، މިނިސްޓްރީގެ މޮސްކް މެނޭޖެމެންޓް ސެކްޝަނުގެ އިސްވެރިޔާ، ސިޓީތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް، މާލެ ސިޓީ ކައުންސިލުން ކަނޑައަޅާ ފަރާތެކެވެ.

މީގެ އިތުރުން ގައުމީ ތަރިކައާއި ބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތަކާއި އާންމު ރައްޔިތުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތެއް ވެސް މަޖިލީހުގައި މެންބަރެއްގެ ގޮތުގައި ހުންނާނެ އެވެ.

ރަށްރަށުގަ އާއި ސިޓީތަކުގައި ވެސް ގައުމީ މަޖިލިސް އުފެދުމާއި ގުޅިގެން ވަނީ މިސްކިތަތަކުގެ ހާލަތު ދުވަހުން ދުވަހަށް ބަލާ މޮނީޓަރުކުރުމަށްޓަކައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މިސްކިތު ކޮމެޓީއެއް ހަދަން ނިންމައިފަ އެވެ.

މި މިސްކިތު ކޮމެޓީގައި ތިބޭނީ ކައުންސިލް ފަރާތުން މަންދޫބަކާއި ރަށު މިސްކިތަތަކުގެ އިމާމުންގެ ތެރެއިން ކައުނސިލުން ކަނޑައަޅާ އިމާމަކާއި އަދި އާންމު ރައްޔިތުންގެ ތެރެއިން އިމާމުން ކަނޑައަޅާ މިސްކިތުގެ އަހުލުވެރިއެކެވެ.

މިސްކިތްތައް ރަގަޅަށް ބެލެހެއްޓުމަށްޓަކައި އުވިފައިވާ ގައުމީ މަޖިލިސް އަލުން ވުޖޫދަށް ގެނެސް މިވަނީ އާ ގަވާއިދުތަކަކާއި އެކީ މަސައްކަތް ފެށިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox